ރައްޔިތުންގެ ކަންކަން ޤާނޫނުއަސާސީ އާއި ޤާނޫނުގައި ވާގޮތަށް ހިންގަން ރައްޔިތުން އިންތިޚާބުކުރާ ބަޔަކު، ރައްޔިތުންނަށް ޚިޔާނާތްތެރިވުމުން، ދެން އެބަޔަކަށް ރައްޔިތުން އިޙްތިރާމް ނުކުރާނޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމްދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ. މިއީ ޙަޤީޤަތެއް ކަމަށާއި "މި ޙަޤީޤަތް ބަދަލެއް ނުކުރެވޭނެ" ކަމަށް ވެސް ވިދާޅުވިއެވެ.
ރޭ ސަރުކާރުން އިފްތިތާޙު ކުރެއްވި އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަށް ފާޑުވިދާޅުވެ އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ މިއީ ސަރުކާރުން ކުޅޭ ސިލްސިލާ ޑްރާމާތަކުގެ އައު އެޕިސޯޑެއް ކަމަށެވެ. "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ނަމުގައި އަނެއްކާވެސް ފެނިގެން މިދިޔައީ ސަރުކާރުން ކުޅޭ ސިލްސިލާ ޑްރާމާތަކުގެ އައު އެޕިސޯޑެކެވެ،"
އޭނާ ވިދާޅުވެފައިވަނީ އިންސާނީ ޝުޢޫރުތަކަކީ ގަދަކަމުން ފާޅުކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. "މީސްތަކުން ޠަބީޢީ ގޮތުންވެސް އިޙްތިރާމް އަދާކުރާނީ އިޙްތިރާމް ޙައްޤުވެގެންވާ “މުޙްތަރަމް” މީހުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.





