ދިވެހި|English Aug 24, 2026 · 09:38
Top banner
Advertisement
ޑޮކްޓަރު ރޭޕްކުރި ހޮސްޕިޓަލު ޑޮކްޓަރުން އިސްތިއުފާ ދީފި
World

ޑޮކްޓަރު ރޭޕްކުރި ހޮސްޕިޓަލު ޑޮކްޓަރުން އިސްތިއުފާ ދީފި

އއިބްރާހީމްް ސަމީރުOct 8, 2024
ކޯލްކަތާގައި ޑޮކްޓަރަކު ރޭޕްކޮށް މަރާލި ހަސްފަތާލުގެ 50 ޑޮކްޓަރުން މިއަދު ގަނޑުކޮށް އިސްތިޢުފާ ދީފިއެވެ. ކޭޖީ ކާރް މެޑިކަލް ކޮލެޖު ހޮސްޕިޓަލްގައި ހަޅުތާލު ކުރަމުންދާތާ އެތައް ދުވަހެއް ވެއްޖެއެވެ. މި ހަސްފަތާލު ޚަބަރުތަކުގައި މި ދުވަސްވަރު އުޅެނީ ހަސްފަތާލުގެ އުމުރުން 31 އަހަރުގެ ޑޮކްޓަރަކު ރޭޕްކޮށް މަރާލުމާ ގުޅިގެންނެވެ. އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހު ޑޮކްޓަރު ރޭޕްކޮށް މަރާލާފައި ވަނީ ހަސްފަތާލުގައި ހިލޭ ސާބަހަށް އެހީވެދިނުމުގައި އުޅުނު ސަންޖޯއީ ރޯއީ ނަމަކަށް ކިޔާ މީހެކެވެ. އިންޑިއާގެ ސުޕްރީމް ކޯޓުގެ އަމުރަކަށް މި މައްސަލަ ތަހުގީގުކުރާ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ވަނީ އެމީހާ ހައްޔަރުކޮށްފައެވެ. އާންމުންނާއި ޑޮކްޓަރުން ގުޅިގެން މުޒާހަރާ ކުރަމުން ބުނެފައި ވަނީ އަންހެނުންނަށް ވަޒިފާ އަދާ ކުރުމަށް ރައްކާތެރި މަޙައުލެއް ލިބެން ޖެހޭނެ ކަމަށެވެ. ވެސްޓް ބެންގޯލްގެ މި ހަސްފަތާލުގައި ޑޮކްޓަރުން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއްވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.

Related News