ދިވެހި|English Nov 26, 2026 · 10:07
Top banner
Advertisement
ދިހަ އަހަރުން މަތީގެ ކުދިންނަށް އީފާސް މެދުވެރިކޮށް ބައެއް ޚިދުމަތަށް އެދެވޭނޭ ގޮތްހެދަނީވަޒީރު އިހްސާން
News

ދިހަ އަހަރުން މަތީގެ ކުދިންނަށް އީފާސް މެދުވެރިކޮށް ބައެއް ޚިދުމަތަށް އެދެވޭނޭ ގޮތްހެދަނީ

މމުހައްމަދު އަލީNov 26, 2026

"މޯލްޑިވްސް 2.0"ސިޔާސަތުގެ ދަށުން އުމުރުން 10 އަހަރުން މަތީގެ ކުޑަކުދިންނަށްވެސް އީފާސް މެދުވެރިކޮށް ބައެއް ކަހަލަ ޚިދުމަތްތަކަށް އެދެވޭނޭ ގޮތް ހެދުމަށް މަސައްކަތް ކުރައްވާ ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ އެކުދިންނަށް "އެކްސެސްވެ އަދި ތައުލީމީ ބޭނުންތަކަށް ބޭނުންކުރާ އެކި ޕްލެޓްފޯމްތަކާއި ސިއްޙީ މައުލޫމާތު ހުށަހަޅާ ޕްލެޓްފޯމްތަކާއި އަދި ކުދިންގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ޑިޖިޓަލްތަކަށް ބަރާބަރަށް އެކްސެސް އޮވެފައި، އެހެންނަމަވެސް މިދެންނެވި ކުދިން އެކްސްޕްލޮއިޓް ކުރުމާއި ބުލީކުރުން ފަދަ ގެއްލުންހުރި މައުލޫމާތުތައް އެކްޕޯސްވާ ކަހަލަ ކަންކަމަށް އެކުދިން ހުށަހެޅޭ ސޯޝަލް މީޑިއާ މާހައުލުން އެ ކުދިން ރައްކާތެރިކުރެވޭނެ ގޮތެއް ހޯދޭނީ ކިހިނެއްތޯ. މިކަންކަމަށް ދިރާސާކޮށް އެކަންކަމަށް ހައްލު ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން މިކުރަނީ،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޓެކްނިކަލް ޓީމުތަކުން މިހާތަނަށް ދިރާސާކޮށް ބެލިބެލުމުން މިފަދަ ރެސްޓްރިކްޝަންތައް ގެނައުމަށް އެންމެ އެކަށޭނަ އުމުރަކީ 16 އަހަރު ކަމަށް ލަފާ ދީފައިވާ ކަމަށެވެ.

އެހެންނަމަވެސް ކެބިނެޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން މިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރިއަށްގެންދަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން މިހާރުވަނީ ސޯޝަލް މީޑިއާގެ ވަސީލަތްތައް ބައެއް އުމުރުފުރާގެ ކުދިންނަށް ބޭނުންނުކުރެވޭނޭ ސިޔާސަތެއް ކަނޑައަޅުއްވައިފައެވެ. އެއީ އެކުދިންގެ ރައްކާތެރި ކަމަށް އެޅުއްވި ފިޔަވަޅެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިޙްސާން ވިދާޅުވީ ސޯޝަލް މީޑިއާގެ ވަސީލަތްތައް ވަކި އުމުރުފުރައެއްގެ ކުދިންނަށް ރެސްޓްރިކްޓް ކުރުމުގެ ސިޔާސަތެއް އެކުލަވާލީ އިންޓަރނެޓާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކުން އެ ކުދިން ރައްކާތެރިކުރުމުގެ ގޮތުން ކަމަށެވެ.

އަދި މި ސިޔާސަތުގެ ސަބަބުން މުޅި ސޯޝަލް މީޑިއާ ބޭން ނުކުރެވޭނެ ކަމަށާއި، ރެސްޓްރިކްޓު ކުރެވޭނީ ވަކިވަކި އެޕްތަކާއި އަދި ވެބްސައިޓުތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.

މިކަންކަމަށް ހައްލު ހޯދުމަށްޓަކައި ސޯޝަލް ކައުންސިލްގެ މަޝްވަރާ އާއި ލަފައަށް އެދިފައިވާނޭ ކަމަށާއި މިކަމުގައި ކުރިއަށްދާނީ އެ ކައުންސިލްގެ ލަފާ ލިބުމުން، މަދަނީ ޖަމްޢިއްޔާތަކާއި ކަމާގުޅޭ އެހެނިހެން ފަރާތްތަކުގެ މަޝްވަރާ ހޯދައިގެން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"މީގެ އިތުރުން އާންމު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާވެސް ހޯދައިގެން މިކަމުގަ ކުރިއަށްދާނީ. އަދި ސިޔާސަތެއް ގާއިމްކޮށް އެސިޔާސަތާ އެއްގޮތަށް ކެބިނެޓަށް ލަފައެއް ހޯދުމަށްޓަކައި ހުށަހެޅުން އެއީ މިހާރު މަސައްކަތްތައް ރޭވިފައިވާ ގޮތަކީ،"

Related News