ދިވެހި|English Nov 27, 2026 · 19:56
Top banner
Advertisement
ދުޝްމަނުން ދުރުގައި ތިބެނީ އީރާނުގެ ކަނޑުގެ ސިފައިންދެކެ ބިރުން:  ޖެހިލުންވެގެން: ކޮމާންޑަރު ސައްޔާރީ ރިއަރ އެޑްމިރަލް ޙަބީބުﷲ ސައްޔާރީ
World

ދުޝްމަނުން ދުރުގައި ތިބެނީ އީރާނުގެ ކަނޑުގެ ސިފައިންދެކެ ބިރުން: ޖެހިލުންވެގެން: ކޮމާންޑަރު ސައްޔާރީ

މމުހައްމަދު އަލީNov 27, 2026

އީރާނުގެ ކަނޑުގެ ސިފައިންގެ ކިބައިގައި ހަނގުރާމަކުރުމުގެ ޤާބިލުކަން ނެތް ކަމަށް ދުޝްމަނުން ބުނެ ފަތުރާ ވާހަކަތަކަށް އީރާނުން ރައްދު ދީފިއެވެ.

މިއަށް ރައްދު ދެއްވަމުން އީރާނުގެ އަސްކަރިއްޔާގެ ޑެޕިއުޓީ ޗީފް ފޯ ކޯޑިނޭޝަން ރިއަރ އެޑްމިރަލް ޙަބީބުﷲ ސައްޔާރީ ވިދާޅުވީ ދުޝްމަނުން ވަނދު ވާހަކަތަކެއް ދައްކަމުންދާއިރު އެމީހުންގެ ސިފައިން އީރާނު ސިފައިންނާ އެތައް މޭލެއްގެ ދުރުގައި ބައިތިއްބާފައި ވަނީ އިރާނުގެ ހިތްވަރުގަދަ ސިފައިން ދެކެ ބިރުން ނުވަތަ ޖެހިލުންވާތީ ކަމަށެވެ.

"ދުޝްމަނުން ބަލިކޮށް، ޤައުމު ދިފާޢުކޮށް، އިދިކޮޅު ފަރާތްތައް ސަރަޙައްދަށް ވަނަ ނުދިނުމަށް އީރާނުގެ ކަނޑުގެ ސިފައިންނާއި އިސްލާމިކް ރިވޮލޫޝަން ގާޑްސް ކޯޕްސް (އައިއާރްޖީސީ) ތިބީ ސާބިތުކަމާއެކު،" ރިއަރ އެޑްމިރަލް ސައްޔާރީ ވިދާޅުވިއެވެ.

މި ކޮމާންޑަރު ވިދާޅުވި ގޮތުގައި، ކަނޑުން ފައިދާ ހޯދައި، ކަނޑާ ގުޅުންހުރި ތަރައްޤީގެ ސިޔާސަތުތައް ތަންފީޛުކުރުމަށް އީރާނަށް ކަނޑުގެ ބާރުވެރިކަން ބޭނުންވާ ކަމަށެވެ. "އަހަރެމެންގެ ކިބައިގައި ކަނޑުގެ ބާރުވެރިކަން ނެތް ނަމަ، ކަނޑުގެ ފައިދާތައް ހޯދުމުގެ ފުރުޞަތު ދުޝްމަނުން އަހަރެމެންނަކަށް ނުދޭނެ،" އޭނާ ވިދާޅުވިއެވެ.

ސައްޔާރީ އިތުރަށް ވިދާޅުވީ، ކަނޑުތަކުގެ ފައިދާ ފުރިހަމަ ގޮތުގައި ހޯދުމަށްޓަކައި، ކަނޑާ ގުޅުންހުރި ތަރައްޤީގެ ސިޔާސަތުތަކާ ބެހޭ އިރުޝާދުތައް އިސްލާމީ އިންޤިލާބުގެ ލީޑަރު ނެރުއްވާފައިވާ ކަމަށާއި، އެ ކަންކަން ޤައުމީ އެޖެންޑާގައި ހިމަނަން ޖެހޭ ކަމަށެވެ.

ހޮރްމުޒް ކަނޑުއޮޅީގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން ކޮމާންޑަރު ވިދާޅުވީ، މީގެ ކުރިންވެސް އީރާނުންވަނީ މި ކަނޑުއޮޅި މެދުވެރިކޮށް އެތައް ގައުމަކަށް ޚިދުމަތްކޮށްދީފައި ކަމަށާއި ކުރިއަށް އޮތްތާނގައިވެސް އެގޮތުގައި ދެމިތިބޭނޭ ކަމަށެވެ. އަދި "ދުޝްމަނުން މާޔޫސްކުރުމަށްޓަކައި އީރާނުން އެތަން ބަންދުކޮށްފައި ބާއްވާނެ" ކަމަށް ވެސް ވިދާޅުވިއެވެ.

 

Related News