ދިވެހި|English Nov 29, 2026 · 20:20
Top banner
Advertisement
ރަސްމާލެ "ވިއްކާލުމާ" ދެކޮޅުހެއްދެވުމަށް އިއްޒަތުގެ ޝަރަފުވެރިންނަށް ރައީސް ޔާމީން އިލްތިމާސް ކުރައްވައިފި
News

ރަސްމާލެ "ވިއްކާލުމާ" ދެކޮޅުހެއްދެވުމަށް އިއްޒަތުގެ ޝަރަފުވެރިންނަށް ރައީސް ޔާމީން އިލްތިމާސް ކުރައްވައިފި

މމުހައްމަދު އަލީNov 29, 2026

އަލްއައްބާރަށް ރަސްމާލެ ވިއްކުމާ ދެކޮޅަށް ތެދުވުމަށް ދައުލަތުގެ ޢިއްޒަތުގެ ޝަރަފުއަރުވާފަވާ ހުރިހާ ބޭފުޅުންނަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ މިކަމާ ދެކޮޅު ހައްދަވައި އިހުތިޖާޖުކޮށްދެއްވަން އެބޭފުޅުންނަށް އިލްތިމާސްކުރައްވާ ކަމަށެވެ. މިއީ ޚިޔާނާތެއް ކަމަށާއި އެހެންކަމުން ޚިޔާނާތާ ދެކޮޅުކަން ހާމަކޮށް ދެއްވުމަށް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފައެވެ.

"ދައުލަތުގެ ޢިއްޒަތުގެ ޝަރަފު އަރުވާފަވާ ހުރިހާ ބޭފުޅުން ރަސްމާލެ އަލައްބާރަށް ވިއްކާލުމާ ދެކޮޅު ހައްދަވާ އިހުތިޖާޖު ކޮށްދެއްވަން އަޅުގަނޑު އިލްތިމާސް ކުރަން. މިވަރުގެބޮޑު ޚިޔާނާތަކާ ދެކޮޅުކަން ގައުމުގެ ހައްގުގައި ހާމަކޮށްދެއްވާ،" ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

 

 

Related News