ދިވެހި|English Aug 24, 2026 · 08:05
Top banner
Advertisement
އުދުހޭ ބޯޓު ދުއްވަނިކޮށް، ތުރުކީ އެއާލައިންގެ ޕައިލެޓް މަރުވެއްޖެ
World

އުދުހޭ ބޯޓު ދުއްވަނިކޮށް، ތުރުކީ އެއާލައިންގެ ޕައިލެޓް މަރުވެއްޖެ

އއިބްރާހީމްް ސަމީރުOct 10, 2024
ތުރުކީ އެއާލައިންސްގެ ޕައިލެޓަކު އުދުހެމުން ދަނިކޮށް މަރުވެއްޖެއެވެ. ތުރުކީގެ ގައުމީ އެއާލައިންގެ އުދުހޭ ބޯޓެއް އުދުހެމުން ގޮސް ކުއްލި ގޮތަކަށް ނިއުޔޯކަށް ޖައްސަން މަޖުބޫރުވީ ޕައިލެޓު މަރުވުމުން ކަމަށް އެ އެއާލައިނުން ބުނެއެވެ. އެއާލައިންގެ ތަރުޖަމާނު ޔަހްޔާ އުސްޓޫން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ޓީކޭ 204ގެ ދަތުރުގެ ބޯޓު ނިއުޔޯކަށް ޖެއްސީ، އެމެރިކާގެ ހުޅަނގު އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ސީއެޓްއެލް އިން އިސްތަންބޫލަށް އުދުހިފައި ދަނިކޮށެވެ. މަރުވެފައިވާ ޕައިލެޓަކީ، ޓާކިޝް އެއާލައިންސްގައި 2007 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ އުމުރުން 59 އަހަރުގެ މީހެކެވެ. އޭނާ  މާޗް މަހު ހެދި މެޑިކަލް ޓެސްޓުން ފާސްވެފައި ވެއެވެ.

Related News