ދިވެހި|English Aug 24, 2026 · 09:35
Top banner
Advertisement
ޚައިބަރުގައި ސުންނީންނާއި ޝީޢީންގެ ދެމެދު ހަމަލަތައް ބަދަލު ކުރަނީ
World

ޚައިބަރުގައި ސުންނީންނާއި ޝީޢީންގެ ދެމެދު ހަމަލަތައް ބަދަލު ކުރަނީ

އއިބްރާހީމްް ސަމީރުOct 14, 2024
ޕާކިސްތާންގެ ޚައިބަރު ޕަޚުތޫން ޚުވާ ސަރަހައްދުގެ ޚުއްރަމް ޑިސްޓްރިކްޓްގައި ސުންނީންމާއި ޝީޢީންގެ ދެމެދު ހިނގަމުންދާ މަޒްހަބީ ހަމަނުޖެހުން އަދިވެސް ހުއްޓުމެއް ނެތެވެ. އެންމެ ފަހުން ދީފައިވާ ޙަމަލާގައި 3 އަންހެނުންނާއި 2 ކުޑަ ކުދިން މަރުވެފައި ވެއެވެ. މިހަމލާގައި ޖުމުލަ 10 މީހުން މަރުވިއެވެ. ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު އޮންނަ ޒާތީ  މިނިވަންކަމެއް ދީފައިވާ ޚައިބަރުގައި މި ހަމަލާ ދީފައި ވަނީ ސިފައިންގެ ގާޑުކޮށްދިން ބަހަކަށެވެ. ސިފައިން ވަނީ ޙަމަލަ ދިން މީހުންނާއެކު ބަޑީގެ ހަމަލަތައް ބަދަލުކޮށްފައެވެ. އޭގެ ތެރޭގައި ޙަމަލަ ދޭން އުޅުނު ޝީޢީންގެ ދެމީހުން މަރުވިއެވެ.

Related News