ދިވެހި|English Aug 24, 2026 · 08:01
Top banner
Advertisement
ބޮލިވިއާގެ ކުރީގެ ރައިސް އަވަހާރަކޮށްލަން އުޅެފި
World

ބޮލިވިއާގެ ކުރީގެ ރައިސް އަވަހާރަކޮށްލަން އުޅެފި

އއިބްރާހީމްް ސަމީރުOct 28, 2024
ބޮލިވިއާގެ ކުރީގެ ރައީސް އީވޯ މޯރާލްސް އަވަހާރަކޮށްލަން މިއަދު ބަޔަކު މަސައްކަތް ކޮށްފިކަމަށް އޭނާ ވިދާޅުވެއެވެ. އޭނާގެ ކާރަށް ގޮތް ނޭނގޭ ބަޔަކު ވަނީ ޗަޕާރޭގައި ބަޑިން ހަމަލަ ދީފައެވެ. ޗަޕާރޭއަކީ، މޯރާލްސްއަށް ސަޕޯޓުކުރާ ދަނޑުވެރިން ގިނައިން އުޅޭ ސަރަހައްދެކެވެ. ދާދިފަހުން އެމީހުން ވަނީ ހިސާބުގެ ހައިވޭ ބަންދުކޮށްގެން ސަރުކާރާ ދެކޮޅަށް ހަޅުތާލުކޮށްފައެވެ. މޯރާލްސްއާ މިހާރުގެ ރައީސާ ދެބޭފުޅުންގެ ދެމެދު މައްސަލަ ހޫނުވެފައި ވެއެވެ. މިހާރުގެ ރައީސް ލުއިސް އަކާރޭ އަކީ މޯރާލްސް އަރިހުން ދަރިވަރު ވެފައިވާ މޮރާލްސް ސިޔާސީ މައިދާނަށް ނެރެދެއްވި ބޭފުޅެކެވެ.

Related News