ދިވެހި|English Aug 24, 2026 · 08:01
Top banner
Advertisement
އިންސާނުން ކިސް ކުރާތާ 4 ހާސް އަހަރު ވެއްޖެ
World

އިންސާނުން ކިސް ކުރާތާ 4 ހާސް އަހަރު ވެއްޖެ

އއިބްރާހީމްް ސަމީރުNov 1, 2024
އިންސާނުން މީގެ ހަތަރު ހާސް އަހަރު ކުރިންވެސް ކިސްކޮށް އުޅުނު ކަމަށް ދިރާސާތަކުން ދައްކާ ކަމަށް ބުނެފިއެވެ. މިހާތަނަށް ސައިންސްވެރިންނަށް އިންސާނުންގެ މި ޣަޒީރާއާމެދު ހޯދުނު ހޯދުންތަކުން އެނގެނީ މިއީ މެދުއިރުމަތީގައި މީހުންގެ މެދުގައި ޢާޠިފީ ޝުޢޫރުތައް ފައުޅުކުރުމަށްޓަކައި ކޮށްއުޅުނު މަޤްބޫލު ކަމެއް ކަމަށެވެ. ސައިންސް ޖަރނަލްގައި އެތައް އަހަރެއްގެ ހޯދުންތަކަށް ބިނާކޮށް ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައި ވަނީ މިހާރުގެ އިރާގްގައި އާރާސްތުވި މެސޮޕޮޓޭމިއާ ޙަޟާރާގައި ވަޅުލާފައި ހުރި މަށިން ތައްޔާރުކޮށް، ހަނދާނާއި ތާރީޚަށް ރައްކާކޮށްފައިވާ ފިލާތަކުގައި ކިސް ކޮށްއުޅުނުކަން ދައްކައިދޭ އެތައް ތަސްވީރެއް ހިމެނޭ ކަމަށެވެ. ސައިންސް ގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނަނީ މިހާރުގެ ހޯދުންތަކުން ޔަގީން ކަށަވަރު ވަނީ އިންސާނުން މީގެ 4500 އަހަރުން ފެށިގެން ކިސްކުރަމުން އަންނަ ކަމަށެވެ.

Related News