ދިވެހި|English Jul 10, 2026 · 01:39
Top banner
Advertisement
ނަތަންޔާހޫ އޮފީހެކޭ ލީކުވާ ނެޕިއެކޭ އެއްވަރު: މީޑިއާ
World

ނަތަންޔާހޫ އޮފީހެކޭ ލީކުވާ ނެޕިއެކޭ އެއްވަރު: މީޑިއާ

އއިބްރާހީމްް ސަމީރުNov 3, 2024
ނަތަންޔާހޫގެ އޮފީހުގެ ސިއްރު ލިޔުންތައް ޔަހޫދީ ވެރިއަކު މީޑިއާއަށް ފާއްދާކަމަށް ބުނެ ވާހަކައެއް ފަތުރައިފިއެވެ. އިޒްރޭލު މިޑިއާއިން ސިފަކޮށްފައި ވަނީ ޔަހޫދީ ބޮޑުވަޒީރުގެ އޮފީސް މިހާރު ލީކުވާ ނެޕީއެކޭ އެއްވަރު ކަމަށެވެ. މި ލިޔުންތައް ލީކުކޮށްފައި ވަނީ އިޒްރޭލުގެ އިބްރާނީ ބަހުން ޝާއިއުކު ކުރާ މީޑިއާއާއި ޖަރުމަންވިލާތުގެ ބިލްޑް ނޫހަށް ކަމަށް ތަހުގީގުން ބުނެއެވެ. އަދި މި ލިތުންތައް ލީކުކޮށްފައި ވަނީ ސެކިއުރިޓީ ކްލިއަރެންސް ލިބިފައި ނުވާ އެމަކު ނަތަންޔާހޫއާއެކު ސިއްރު މީޓިންތަކަށް ވަދެ އުޅޭ މަސްއޫލުވެރިއަކު ކަމަށްވެސް ބުނެއެވެ. އޭނާގެ ނަން ދީފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި ނަތަންޔާހޫގެ އޮފީހުގެ މައުލޫމާތު ފާއްދާލާ ވާހަކައަކީ ދަޅައެކެވެ. އިޒްރޭލު ވަނީ ޖާސޫސީ މަސައްކަތުގައި މި ދެ ދުވަހު ޔޫރަޕްގައި ބަދުނާމުވެފައެވެ. އިޓަލީ ބޮޑު ވަޒީރު ބެލެކްމެއިލް ކުރުމަށް އޭނާގެ ޒާތީ މައުލޫމާތު އިޒްރޭލު މޯސާޑުން ސިއްރުން ނަގާފައިވާ ކަމަށް ބުނެ އިޓަލީން ވަނީ މައްސަލައެއް ތަހުގީގު ކުރަން ފަށާފައެވެ. ރޮމޭނިއާގެ ކުރީގެ އެންމެޕީއަކުވެސް ގްރީސްގައި މޮސާޑާ ގުޅުވައިގެން މިހަފްތާގައި ހައްޔަރުކޮށްފައި ވެއެވެ. މީގެ ކުރިން ޚުދު ނަތަންޔާހޫވެސް ވަނީ އިނގިރޭސި ބޮޑު ވަޒީރު ބޮރިން ޖޯންސަންގެ ފާޚާގައި ޖާސޫސް ކުރުމަށް ކެމެރާއެއްވެސް ހަރުކޮށްފައެވެ.

Related News