ދިވެހި|English Oct 8, 2026 · 11:32
Top banner
Advertisement
ޓިކްޓޮކްގެ ކެނެޑާގެ އޮޕަރޭޝަންތައް ހުޓާލުމަށް އަންގައިފި
World

ޓިކްޓޮކްގެ ކެނެޑާގެ އޮޕަރޭޝަންތައް ހުޓާލުމަށް އަންގައިފި

އއިބްރާހީމްް ސަމީރުNov 10, 2024
ގައުމީ ސަލާމަތާ ގުޅޭ ކަންބޮޑުވުންތަކާ ގުޅިގެން ކެނެޑާއިން ވަނީ އެގައުމުގައި ޗައިނާގެ ބައިޓްޑާންސް ކުންފުނީގެ ޓިކްޓޮކްގެ ވިޔަފާރިތައް ހުއްޓާލަން އަމުރުކޮށްފަ އެވެ. މި ނިންމުން ނިންމާފައި މިވަނީ ޓިކްޓޮކުން ވިޔަފާރި ފުޅާކުރުމުގެ ޕްލޭންތައް މުރާޖައާ ކުރަމުންދާ ދަނޑިވަޅެއްގައެވެ. އިނޮވޭޝަން މިނިސްޓަރު ފްރާންސުއާ ފިލިޕް ޝެމްޕޭން ވިދާޅުވީ ޓިކްޓޮކްގެ ޗައިނާގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސް ލިމިޓެޑާ ގުޅުން ހުރި ވަކި ސެކިއުރިޓީ ރިސްކްތައް ހައްލުކުރުމަށް ސަރުކާރުން ފިޔަވަޅު އަޅަމުންދާ ކަމަށެވެ. ނަމަވެސް ކެނެޑާގެ ރައްޔިތުންނަށް އަދިވެސް ޓިކްޓޮކް އެޕަށް ވަދެ ކޮންޓެންޓް އުފެއްދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ޓިކްޓޮކްގެ ކެނެޑާގެ އޮޕަރޭޝަންތައް ރިވިއު ކުރަން ފެށީ މިދިޔަ އަހަރު އެވެ.

Related News