ދިވެހި|English Jul 10, 2026 · 01:31
Top banner
Advertisement
އިންޑިއާ ސައޫދީ ސްޓްރެޓެޖިކް ކައުންސިލްގެ ބައްދަލުވުން ބާއްވައިފި
World

އިންޑިއާ ސައޫދީ ސްޓްރެޓެޖިކް ކައުންސިލްގެ ބައްދަލުވުން ބާއްވައިފި

އއިބްރާހީމްް ސަމީރުNov 14, 2024
އިންޑިއާއާއި ސައޫދީ އަރަބިއްޔާގެ ސްޓްރެޓެޖިކް ޕާޓްނާޝިޕް ކައުންސިލްގެ ބައްދަލުވުން ބާއްވައިފިއެވެ. މިއީ ސައޫދީ ވަލީޢަހުދު މުހައްމަދު ބިން ސަލްމާނާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީގެ ލީޑަޝިޕްގައި އެކުލަވާލާފައިވާ ކައުންސިލެކެވެ. އިންޑިއާ ސައޫދީ ސްޓްރެޓެޖިކް ކައުންސިލްގެ ބައްދަލުވުމުގައި ސަރަހައްދީ މައްސަލަތަކާއި ބައިނަލްއަޤްވާމީ ޕާޓްނާރޝިޕާއި މެދުއިރުމަތީގެ މާހައުލާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ދެ ޤައުމުގެ ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ. އިންޑިއާ ސައޫދީ ސްޓްރެޓެޖިކް ޕާޓްނާޝިޕް ކައުންސިލަކީ، ސިޔާސީ، ކޮންސިއުލަރ، ޑިފެންސް އަދި އަސްކަރީ ދާއިރާގެ އިތުރުން ސަލާމަތާއި އިޖުތިމާއީ އަދި ސަގާފީ ދާއިރާގެ އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާތައް ބާއްވާ މުހިންމު ކައުންސިލެކެވެ. ފައިސަލް ބިން ފަރްޙާން ނިއުދިއްލީއަށް ވަޑައިގަތީ އިއްޔެއެވެ. އެމަނިކުފާނުގެ އަރިހު މަތީ ފެންވަރުގެ ވަފްދެއް ވަޑައިގަތެވެ.

Related News