ދިވެހި|English Aug 24, 2026 · 08:05
Top banner
Advertisement
ޗައިނާއިން މަނަވަރަކަށް ނިއުކްލިއަރ ރިއެކްޓަރެއް އުފައްދަނީ
World

ޗައިނާއިން މަނަވަރަކަށް ނިއުކްލިއަރ ރިއެކްޓަރެއް އުފައްދަނީ

އއިބްރާހީމްް ސަމީރުNov 15, 2024
ޗައިނާއިން ވަނީ އެގައުމުގެ މަތިންދާބޯޓު އުފުލާ މަނަވަރެއް ނިއުކްލިއަރ ހަކަތައިން ދުއްވަން ތައްޔާރުކޮށްފައެވެ. ތަޖުރިބާކާރުން ތަހުލީލުކޮށް، އެސޯސިއޭޓެޑް ޕްރެސްއާ ހިއްސާކޮށްފައިވާ އާ ސެޓެލައިޓް ތަސްވީރުތަކާއި ޗައިނާ ސަރުކާރުގެ ލިޔެކިޔުންތަކުން ފެންނަ ގޮތުގައ ޗައިނާއިން ވަނީ އެއްގަމުގައި އެފަދަ ވަސީލަތެއް އުފައްދައި ޓެސްޓް ކޮށްފައެވެ. ދުނިޔޭގެ ކަނޑުގެ އެންމެ ބޮޑު ބާރު ކަމަށްވާ ޗައިނާގެ ކަނޑުގެ ސިފައިން އަންނަނީ ހަލުވިކަމާއެކު އެގައުމުގެ އަސްކަރީ ފްލީޓް ޒަމާނީ ކުރަމުންނެވެ. މަނަވަރުތަކުގައި ބޭނުން ކުރުމަށް ނިއުކްލިއާ އިންޖީނުގެތައް ބިނާކޮށް އިތުރުކުރުމަކީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ބާރަށް ގޮންޖަހާ ލެވޭނެ ވަރުގެ ކަމެކެވެ. މިކަމަކީ ޗައިނާއާ ދުރަށް މާކަނޑުގައި ހަރަކާތްތެރިވެވޭ ފަދަ "ބްލޫ ވޯޓާ" ނޭވީއެއް އުފެއްދުމަށް ބެއިޖިން ކުރާ މަސައްކަތުގައި މުހިންމު މައިލްސްޓޯނަކަށް ވާނެ އެވެ. ޗައިނާގެ ވަރުގަދަކަން ދައްކާލުމުގެ ގޮތުން ޗައިނާއިން ވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު ދެކުނު ޗައިނާ ކަނޑުގައި މަތިންދާބޯޓު އުފުލާ މަނަވަރުތައް ކަމަށްވާ ލިއައޮނިންގް އާއި ޝަންޑޮންގް އާއި އެކު ފުރަތަމަ ޑައުއަލް އެއާކްރާފްޓް ކެރިއާ ތަމްރީނު ކުރިއަށް ގެންގޮސްފަ އެވެ.

Related News