ދިވެހި|English Aug 24, 2026 · 08:44
Top banner
Advertisement
އުއިގުރު މައްސަލައަށް ސަމާލުކަން ދޭން އެދެފި
World

އުއިގުރު މައްސަލައަށް ސަމާލުކަން ދޭން އެދެފި

އއިބްރާހީމްް ސަމީރުNov 16, 2024
އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯއްދެވި އިންތިޚާބީ ކާމިޔާބީއާ ގުޅިގެން އުއިގޫރު ދަރިކޮޅުގެ އެމެރިކާގެ ލީޑަރުން ދަނީ ޗައިނާގެ ޝިންޖިއާންގައި އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކަށް އެމެރިކާއިން ސަމާލުކަން ދިނުމަށް އިލްތިމާސް ކުރަމުންނެވެ. އުއިގޫރު މައްސަލައަށް ވަކާލާތުކުރާ ފަރާތްތަކުން އުންމީދު ކުރަނީ ޓްރަމްޕްގެ ކުރީގެ ދައުރުގެ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް، ޗައިނާގެ ނަސްލު ނައްތާލުމުގެ އަމަލުތައް ލޭބަލްކޮށް، އުއިގޫރު މީހުން ބަންދުކުރުމާއި މަޖުބޫރުކޮށްގެން މަސައްކަތް ކުރުމާއި ދަރިފަނި ނައްތާލުމާ ގުޅޭ އަމަލުތައް ހިންގާ ޗައިނާގެ އޮފިޝަލުންނަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅާނެ ކަމަށެވެ. ހަޑްސަން އިންސްޓިޓިއުޓްގެ ސީނިއާ ފެލޯއެއް ކަމަށްވާ ނޫރީ ޓާކެލް ފާހަގަކުރެއްވި ގޮތުގައި އުއިގޫރުގެ ހައްގުތައް ހިމާޔަތްކުރުމަކީ އެމެރިކާގެ  ގައުމީ ސަލާމަތަށް މުހިންމު މަސައްކަތަކަށް ވާނެ  ކަމަށެވެ. މީގެ އިތުރުން ކެމްޕޭން ފޯ އުއިގޫރުސްގެ ވެރިޔާ ރުޝާން އައްބާސް ވަނީ އުއިގޫރު ފޯސްޑް ލޭބަރ ޕްރިވެންޝަން އެކްޓް އިތުރަށް ހަރުކަށިކޮށް ތަންފީޒު ކުރަން ޖެހޭ ކަމަށް އަލިއަޅުވާލާފައެވެ. އުއިގޫރު ނަސްލު ނައްތާލުމާ ދެކޮޅަށް މަސައްކަތް ކުރުމަކީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުން އެކަނި ނޫން ކަމަށާއި އަދި މަޖުބޫރުކޮށްގެން ލޭބަރުންގެ ގޮތުގައި މަސައްކަޔތް ކުރުވުމުގާއ އެމެރިކާ ބައިވެރިވުން ހުއްޓުވުމަށް މުހިންމު މސައްކަތްތަކެއް ކުރުމަށްވެސް އެދިފައި ވެއެވެ. ޝިންޖިއާންގައި ހިނގަމުންދާ އަނިޔާވެރި އަމަލުތަކަށް އެމެރިކާއިން ދޭ ރައްދު ވަރުގަދަ ކުރުމަށްޓަކައި ޗައިނާގެ ފަރާތްތަކާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން އަޅަން ވަކާލާތުކުރާ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

Related News