ދިވެހި|English Aug 24, 2026 · 08:05
Top banner
Advertisement
އިންޑޮނޭޝިއާ ސިފައިންނާ އެކު ބޭއްވި ތަމްރީން ނިންމާލައިފި
World

އިންޑޮނޭޝިއާ ސިފައިންނާ އެކު ބޭއްވި ތަމްރީން ނިންމާލައިފި

އއިބްރާހީމްް ސަމީރުNov 16, 2024
އިންޑިއާ-އިންޑޮނޭޝިއާ ޖޮއިންޓް ސްޕެޝަލް ފޯސަސް އެކްސަސައިޒް، ގަރޫޑާ ޝަކްތީ ގެ 9 ވަނަ އެޑިޝަން ނިންމާލައިފިއެވެ. މި ތަމްރީން ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިންޑޮނޭޝިއާގެ ސިޖަންޓަންގްގައެވެ. މިއަސްކަރީ ތަމްރީން ހަރަކާތުގައި އިންޑޮނޭޝިއާގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންދީޕް ޗަކްރަވޯޓީ އާއި ޑިފެންސް އެޓާޗޭ ކެޕްޓަން ޝިވް ކުމާރާއި އިންޑޮނޭޝިއާ ސިފައިންގެ އިސް އޮފިސަރުން ބައިވެރިވެ ވަޑައިގަތެވެ. މި ތަމްރީނުގައި އިންޑިއާ ސިފައިންގެ ސްޕެޝަލް ފޯސަސްގެ ޕެރަޝޫޓް ރެޖިމެންޓްގެ 25 މީހުންނާއި އިންޑޮނޭޝިއާގެ ސްޕެޝަލް ފޯސަސް ޔުނިޓް ކޮޕަސަސްގެ 40 މީހުން ބައިވެރިވެފައިވެ އެވެ. އެއީ ސަބް ކޮންވެންޝަނަލް މާހައުލެއްގެ ތެރޭގައި ކައުންޓަރ ޓެރަރިޒަމްގައި ޖޮއިންޓް އަސްކަރީ އޮޕަރޭޝަންތަކަށް ސަމާލުކަންދީގެން ދެގައުމުގެ ސިފައިންގެ ދެމެދު އެއްބާރުލުން ހަރުދަނާކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި އެއްބާރުލުން ދައްކުވައިދިނީ އިންޑިއާ އާއި އިންޑޮނޭޝިއާއާ ދެމެދު އޮތް ދިފާއީ ގުޅުންތަކާއި، ސިފައިންގެ ހުނަރު އިތުރުކުރުމާއި، ސަލާމަތީ ގޮންޖެހުންތަކަށް އެއްބައިވަންތަ ގޮތެއް އުފެއްދުމުމުގެ ރޫހެވެ.

Related News