ދިވެހި|English Jul 10, 2026 · 01:32
Top banner
Advertisement
އަންހެން ފުލުހުންގެ ވައްކަން
World

އަންހެން ފުލުހުންގެ ވައްކަން

އއިބްރާހީމްް ސަމީރުNov 21, 2024
ކަރާޗީގެ އޮރަންގީ ޓައުންގައި ހިންގި އޮޕަރޭޝަނެއްގައި 2.5 މިލިއަން ރުފިޔާ ވަގަށް ނެގި ކަމުގެ ތުހުމަތުތަކާ ގުޅިގެން ދެ އަންހެން ފުލުހަކު ސަސްޕެންޑްކޮށްފި އެވެ. މި ރޭޑް އަމާޒުކޮށްފައިވަނީ ސުޕާރީ ބަންދުކުރާ ކަމަށް ޝައްކުކުރެވޭ ފެކްޓްރީއަކަށެވެ. މި އޮޕަރޭޝަންގައި 75 ކިލޯގެ ދުންފަތް އެއްކޮށްފައިވާ ސުޕާރިއާއި  48 ކިލޯގެ ދުފާ ފޯއް އަދި ސުޕާރީ ހެދުމާ ގުޅޭ އެހެނިހެން ތަކެތި އަތުލައިގެންފައިވެ އެވެ. މި ހާދިސާގައި ހައްޔަރު ކުރީ ދެމީޙެކެވެ. މި މައްސަލަ ކުރިމަތިވީ ރޭޑްކުރުމުގެ ތެރޭގައި 2.5 މިލިއަން ރުޕީސްގެ ފައިސާ އާއި  900 ދިރުހަމާއި ބައެއް ރިޔާލް ގެއްލިފައިވާ ކަމަށް ހައްޔަރުކުރި ދެމީހުން ޝަކުވާ  ކުރުމުންނެވެ. ފަހުން އެތަނަށް ރެއިޑް ޖެހި އަންހެން އޮފިސަރުން ބަލައިފާސްކުރިއިރު، ދެ އަންހެން ކޮންސްޓަބަލްގެ ދަބަހުން 1.6 މިލިއަން ރުޕީސް ފެނިފައެވެ. އެއާއެކު އެ ދެ އޮފިސަރުން ވަގުތުން ސަސްޕެންޑްކޮށް، ތަހުގީގުތައް ވަނީ   ފަށާފައެވެ.

Related News