ދިވެހި|English Aug 24, 2026 · 09:35
Top banner
Advertisement
އެމެރިކާގައި ކިޔަވާ ޗައިނާ ދަރިވަރުންގެ އަދަދު ދަށްވެއްޖެ
World

އެމެރިކާގައި ކިޔަވާ ޗައިނާ ދަރިވަރުންގެ އަދަދު ދަށްވެއްޖެ

އއިބްރާހީމްް ސަމީރުNov 22, 2024
އެމެރިކާގައި ބައިނަލްއަޤްވާމީ ދަރިވަރުންގެ ތެރޭގައިކުރިން އެއްވަނާގައި ހިމެނުނު ޗައިނާ ދަރިވަރުންގެ އަދަދު މިހާރު މަދުވެއްޖެއެވެ. އަދި  15 އަހަރަށްފަހު ފުރަތަމަ ފަހަރަށް އިންޑިއާއިން ވަނީ ޗައިނާ ފަހަނައަޅައި ގޮސް ކުރި ހޯދާފައެވެ. މިހިނގާ ދިރާސީ އަހަރުގެ ތެރޭގައި އެމެރިކާގެ މުއައްސަސާތަކުގައި އިންޑިއާގެ 331،602 ދަރިވަރުން ކިޔެވުމަށް އެންރޯލް ވެފައި ވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %23 އިތުރު އަދަދެކެވެ. މިއާ ހިލާފަށް ޗައިނާގެ ދަރިވަރުން ކިޔަވަން ވަންނަ މިންވަރު %4 ދަށްވެ 277،398 އަށް އަރާފައިވާ ކަމަށް އިންސްޓިޓިއުޓް އޮފް އިންޓަނޭޝަނަލް އެޑިއުކޭޝަންގެ އެންމެ ފަހުގެ ސާވޭއިން ދައްކަ އެވެ. ޗައިނާގެ ދަރިވަރުން 2009 ވަނަ އަހަރުން ފެށިގެން އޮތީ އެއްވަނައިގައެވެ. ނަމަވެސް 2019 ވަނަ އަހަރުން ފެށިގެން ޗައިނާ ދަރިވަރުންގެ އަދަދު ދަނީ އެއްވަރަކަށް ދަށްވަމުންނެވެ.  

Related News