ދިވެހި|English Aug 24, 2026 · 08:01
Top banner
Advertisement
ކެންޔާއިން އަދާނީގެ އެއްބަސްވުންތައް ބާތިލުކޮށްފި
World

ކެންޔާއިން އަދާނީގެ އެއްބަސްވުންތައް ބާތިލުކޮށްފި

އއިބްރާހީމްް ސަމީރުNov 22, 2024
އެމެރިކާގައި އިންޑިއާގެ ސާދާގަރު ގައުތަމް އަދާނީގެ މައްޗަށް ދައުވާ އުފުލުމާ ގުޅިގެން ކެންޔާގެ ރައީސް ވިލިއަމް ރޫޓޯ، ވަނީ ކެންޔާއިން އަދާނީ ގްރޫޕާ އެކު ހެދި އެތައް ޑީލެއް ކެންސަލް ކުރުމަށް އަމުރު ކުރައްވާފައެވެ. ރޫޓޯ ވިދާޅުވީ ކެންޔާގެ ޖޫމޯ ކެންޔާޓާ އެއާޕޯޓުގެ ކޮންޓްރޯލް އިންޑިއާގެ އަދާނީ ގްރޫޕާ ހަވާލުކުރާ އެއްބަސްވުންވެސް ކެންސަލްކޮށްފައިވާ ކަމަށެވެ. ސަބަބަކީ އެ ކުންފުނީގެ ޗެއާޕާސަން ގައުތަމް އަދާނީ އާއި އެހެނިހެން އިސް ސްޓޭކްހޯލްޑަރުންގެ މައްޗަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ދައުވާ އުފުލުމާ ގުޅިގެން ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ކަރަންޓް ޓްރާންސްމިޝަން ލައިންތައް އެޅުމަށް އަދާނީ ގްރޫޕްގެ ކުންފުންޏަކާއެކު މިދިޔަ މަހު ސޮއިކުރި 30 އަހަރަށް ދެމިގެންދާ 736 މިލިއަން ޑޮލަރުގެ ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް އެއްބަސްވުން ވެސް ވެސް ކެންޔާއިން ވަނީ ބާތިލް ކޮށްފައެވެ. ކެންޔާގެ ހައިކޯޓުން ކުރިން ވަނީ ބާރ އެސޯސިއޭޝަނުން ހުށަހެޅި ދައުވާއެއް ބަލައި މި އެއްބސްވުމުގައި ދެފުށް ފެންނަ ގޮތަށް އަމަލު ކޯށްފައި ނުވާ ކަމަށް ބުނެ ބާޔިލު ކުރުމަށްވެސް އަންގާފައެވެ.

Related News