ދިވެހި|English Aug 24, 2026 · 09:34
Top banner
Advertisement
ކަނޑާ ގުޅޭ އިންޑިއާ ފިލިޕީންސްގެ މަޝްވަރާތައް ބާއްވައިފި
World

ކަނޑާ ގުޅޭ އިންޑިއާ ފިލިޕީންސްގެ މަޝްވަރާތައް ބާއްވައިފި

އއިބްރާހީމްް ސަމީރުDec 15, 2024
އިންޑިއާ އާއި ފިލިޕީންސްގެ ފުރަތަމަ މެރިޓައިމް ޑައިލޮގް މެނިލާގައި ބާއްވާފައި ފިއެވެ. އިންޑިއާގެ ވަފުދުގެ އިސްވެރިއަކަށް ހުންނެވީ އިންޑިއާގެ ޚާރިޖީ ވުޒާރާގެ ޖޮއިންޓް ސެކްރެޓަރީ މިސް މުއަންޕުއީ ސައިއާވީ އެވެ. ފިލިޕީންސްގެ ވަފުދުގެ އިސްވެރިޔަކީ އެސިސްޓެންޓް ސެކްރެޓަރީ މިސްޓަރ މާޝަލް ލޫއީ އަލްފެރޭޒް އެވެ. މި މަޝްވަރާއަކީ ދެގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުމަށް 75 އަހަރު ފުރުން ފާހަގަ ކުރުމުގެ ތެރޭން ބާއްވާ މަޝްވަރާއެކެވެ. ދެ ފަރާތުން ވެސް ވަނީ ކަނޑުގެ ސަރަހައްދުގެ ގޮންޖެހުންތަކާއި ކަނޑާއި ގުޅުން ހުރި ދާއިރާތަކުގެ އެއްބާރުލުން ހަރުދަނާ ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ. ފިލިޕީންސަކީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާއާއެކު މައްސަލަތަކާ ކުރިމަތިލާ ޤައުމެކެވެ. އަދި އެ މައްސަލަ ވަނީ ފިލިޕީންސްގެ ސަރުކާރުގެ ތެރޭގައި ބައިބައިވުން އުފައްދާ މައްސަލައަކަށްވެސް ވެފައެވެ. އިންޑިއާއާއި ފިލިޕީންސްގެ މަޝްވަރާތަކުގައި އެއްބަސްވެފައި ވަނީ، ބައިނަލްއަޤްވާމީ އުސޫލުތަކާ އެއްގޮތަށް ޤަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ އަދި އދގެ ކަނޑުގެ ޤާނޫނަށް ރިޔާރަތް ކުރުމަށް ޤައުމުތަކުން އެއްބާރުލުން ދިނުމަށެވެ. މި މަޝްވަރާތަކުގައި ދެ ގައުމުން ބޮޑަށް އަލިއަޅުވާލާފައިވަނީ ކަނޑުގެ ދާއިރާގައި ކެޕޭސިޓީ ބިލްޑިންގއާއި، ކަނޑުގެ އިޤްތިޞާދާއި، ކާރިސާތަކުގައި އެހީތެރިވުމާއި، ކަނޑުގެ ސިފައިންނަށް އެއްބާރުލުން ދިނުމުގެ މައްޗަށެވެ. ދެ ގައުމުން ވެސް ވަނީ މި ދާއިރާގައި އެންމެ ރަނގަޅު އުސޫލުތައް ހިއްސާކޮށް ބައިނަލްއަގްވާމީ އަދި ސަރަހައްދީ ފެންވަރުގައި އެއްބާރުލުން ދިނުމަށް އެއްބަސްވެފަ އެވެ. މި މަޝްވަރާގެ ދެން އޮންނަ ބުރު އޮންނާނީ 2025 ވަނަ އަހަރު ނިއުދިއްލީގަ އެވެ.

Related News