ދިވެހި|English Aug 24, 2026 · 08:01
Top banner
Advertisement
ކަސްބީ ވިއުގައެއް ހިންގާ ޔަހޫދުންތަކެއް ހައްޔަރުކޮށްފި
World

ކަސްބީ ވިއުގައެއް ހިންގާ ޔަހޫދުންތަކެއް ހައްޔަރުކޮށްފި

އއިބްރާހީމްް ސަމީރުDec 17, 2024
އިޒްރޭލުގެ މުއްސަނދި އެއްބަނޑު އެއްބަފާ ތިން ބެއިން ވެގެން ކަސްބީ ވިއުގައެއް ހިންގުމުގެ ކުށުގައި ނިއުޔޯކުގައި ހައްޔަރުކޮށްފިއެވެ. އޯލެންއާއި އާލަން އާއި ޓާލެން އެލެގްޒެންޑަރު ނަމަކަށް ކިޔާ މި 3 ބެއިންނަކީ ނިއުޔޯކުގައި ރިއެލްއެސްޓޭޓްގެ ވިޔަފާރި ކުރާ މުއްސަނދި ބައެކެވެ. މިމީހުންނަށް ތުހުމަތުކޮށްފައި ވަނީ، ޕާޓީތަކާއި ދަތުރުތަކުގައި އަންހެނުން ގެންގޮސްގެން އެމީހުންނަށް މަސްތުވާތަކެތި ދީގެން ގަހަށް އަރުވައި، ކަސްޓަމަރުން އަތުން ފައިސާގެ މުގާބިލުގައި އެމީހުން ރޭޕް ކުރުވުމުގެ ޖަރީމާ ހިންގަމުން ގެންދިއުމެވެ. މިމީހުން ދިހަ އަހަރު ވަންދެން މި ވިޔަފާރި ހިންގާފައިވާ ކަމަށް ޕްރޮސެކިއުޓަރުން ބުނެއެވެ. މިމީހުންނާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ 8 ސަފްހާގެ ތުހުމަތުގެ ލިސްޓުގައި މި ޖަރީމާތައް ލިސްޓު ކޮށްފައި ވެއެވެ.

Related News