ދިވެހި|English Aug 24, 2026 · 08:38
Top banner
Advertisement
މޮދީ ކުވެއިތަށް ޒިޔާރަތް ކުރައްވައިފި
World

މޮދީ ކުވެއިތަށް ޒިޔާރަތް ކުރައްވައިފި

އއިބްރާހީމްް ސަމީރުDec 22, 2024
ބަޔާޅީސް އަހަރު ތެރޭ ކުވެއިތަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ ކުވެއިތަށް ވަޑައިގެންފިއެވެ. އެންމެ ފަހުން ކުވެއިތަށް ވަޑައިގަތް އިންޑިއާ ބޮޑު ވަޒީރަކީ އިންދިރާ ގާނދީއެވެ. ކުވެއިތަށް ކުރައްވާ ދަތުރުފުޅުގައި މޮދީ ވަނީ ގަލްފް ކަޕް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ކުވެއިތުގެ އަމީރު މިޝްޢަލް ބިން ޖާބިރުލް އަޙުމަދުއް ޞަބާޙުއާ އެކު ބައިވެރިވެ ވަޑައިގެންފައެވެ. މޮދީ ވަނީ ކުވެއިތުގައި މަސައްކަތް ކުރާ އިންޑިއާ މީހުންނާ ވެސް ބައްދަލު ކުރައްވާފައެވެ. މިލިއަނެއް ހައި މީހުން ކުވެއިތުގައި މަސައްކަތް ކުރެއެވެ. އޭގެ އިތުރުން އަރަބި ބަހަށް އިންޑިއާގެ ރާމާޔަނާއާއި މަހާބާރަތާ ތަރުޖަމާ ކުރެއްވި ދެ ބޭފުޅުންނާ ވެސް ބައްދަލު ކުރެއްވިއެވެ.

Related News