ދިވެހި|English Aug 24, 2026 · 08:02
Top banner
Advertisement
ޕާކިސްތާންގައި ކުއްތާގެ ކަޅުބާޒާރު ވަރަށް ތިޔާގި
World

ޕާކިސްތާންގައި ކުއްތާގެ ކަޅުބާޒާރު ވަރަށް ތިޔާގި

އއިބްރާހީމްް ސަމީރުFeb 13, 2025
ޕާކިސްތާނުގައި ކުއްތާއަކީ ހަނަފީ މަޒުހަބުގެ ފިގުހާއެއް ގޮތަށް ނަޖިސް އެއްޗެއް ކަމުގައި ބަލާ ޖަނަވާރެކެވެ. ނަމަވެސް ޕާކިސްތާނުގައި ކުއްތާގެ ވިޔަފާރިއަކީ ރަނގަޅު އާމްދަނީއެއް ލިބޭ ވިޔަފާރިއެކެވެ. ޚާއްސަކޮށް ނާދިރު ޒާތުގެ ކުއްތާގެ ވިޔަފާރީގައެވެ. ކަރާޗީގެ މުއްސަނދި ޑިފެންސް ހައުސިން އޮތޯރިޓީ (ޑީއެޗްއޭ) ގެ ސަރަހައްދުގައި އެންމެ ފަހުން ހިނގި ހާދިސާއިން ފުލުހުން ބުނަނީ އާދަޔާ ޚިލާފަށް ގިނައިން ކުއްތާ ވަގަށް ނަގަމުންދާ ކަމަށެވެ. ކުއްތާ ވަގަށް ނަގާ މީހުން ކުއްތާއާ ރައްޓެހި ހަދައިގެން އެސޮރުމެން ނަގައިގެންގެންގޮސް ކަޅު ބާޒާރުގައި ވިއްކާކަމަށް ފުލުހުން ބުނެއެވެ. ޕާކިސްތާންގައި މުއްސަނދިން، ނާދިރު ބާވަތުގެ ހަސްކީސް، ޖަރުމަން ޝެފަރޑްސް އަދި ގޯލްޑަން ރިޓްރީވަރސް ފަދަ ކުއްތާތައް ގޭގައި ގެންގުޅެއެވެ. އިމްރާން ޚާނަކީވެސް ކުއްތާއަށް ލޯބި ކުރައްވާ ބޭފުޅެކެވެ. ޕާކިސްތާނުގައި ކުއްތާ މަދުވުމުން އޭގެ ކަޅުބާޒާރު ތިޔާގިވެފައި ވެއެވެ.

Related News