ދިވެހި|English Aug 24, 2026 · 09:39
Top banner
Advertisement
ޗައިނާއިން ބެއިޖިން ކައިރީގައި ސިއްރު އަންޑަގްރައުންޑް ބޭސްއެއް ހަދައިފި
World

ޗައިނާއިން ބެއިޖިން ކައިރީގައި ސިއްރު އަންޑަގްރައުންޑް ބޭސްއެއް ހަދައިފި

އއިބްރާހީމްް ސަމީރުMar 7, 2025
ދުނިޔޭގެ މަސްރަހުގައި ހަމަނުޖެހުން ބޮޑުވެ، ހަލަބޮލި ވަމުން ދިއުމާ ގުޅިގެން ބެއިޖިން މިލިޓަރީ ސިޓީގެ ނަމުގައި ބިމުގެ އަޑީގައި ބިޔަ އަސްކަރީ މަރުކަޒެއް ހަދައިފި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މީޑިއާއިން ބުނަނީ، އެއީ ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ އިމާރާތް ކަމަށްވާ އެމެރިކާގެ ޕެންޓަގަންއަށް ވުރެން 10 ގުނަ ބޮޑު އަދިއެތައް އޮޕަރޭޝަންތަކަކަށް ފިޓްވާ މަރުކަޒެއް ކަމަށެވެ. ނިއުކްލިއާ ބާރުތަކާއި ސިފައިންގެ އެހެން ބާރުތައް ގަވާއިދުން ބެލެހެއްޓުމަށް ބިނާކޮށްފައިވާ މި ސިއްރު މަރުކަޒުން ދޭހަވަނީ ޗައިނާއިން ތައްޔާރުވަމުންދަނީ ހަމައެކަނި ދިފާއީ ބާރުގެ ގޮތުގައެއް ނޫން ކަމަށެވެ. އަހަރުތަކެއް ވަންދެން ޗައިނާއިން ވަނީ "އަންޑަރގްރައުންޑް ގްރޭޓް ވޯލް" އާއި ހައިނާން ސަބްމެރިން ބޭސް ފަދަ ސިއްރު ބޭސްތައް ހަދައި ފައެވެ. ޗައިނާއިން ބުނަނީ އެއީ ސަލާމަތަށް ހަދާފައިވާ ތަންތަން ކަމަށެވެ. އެކަމަކު މި އާ މަރުކަޒުން ދައްކުވައިދެނީ ހަނގުރާމައިގެ ޕްލޭނެއް ޗައިނާގެ ކިބައިގައި އޮތް ކަމަށް ކަމަށް ބުނެ ތަޖުރިބާކާރުން ކަންބޮޑުވެ އެވެ. ޗައިނާއިން އަބަދުވެސް ބުނަނީ އެގައުމުން ބޭނުންވަނީ ސުލްހައާއި ކުރިއެރުން ކަމަށެވެ. ބެއިޖިންގެ ސިއްރު ބޭސްއިން ސާބިތުކޮށްދެނީ ޗައިނާއިން ވެސް ސިއްރުން ހަނގުރާމައަކަށް ތައްޔާރުވަމުންދާކަމެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ދުނިޔޭގެ ސުލްހަ ގެއްލިދާނެ ކަމެއް ކަމަށެވެ.

Related News