ދިވެހި|English Jul 10, 2026 · 01:38
Top banner
Advertisement
އެމެރިކާ ބަލިކަށިވެ ޗައިނާގެ ބާރު ގަދަ ވަނީ
World

އެމެރިކާ ބަލިކަށިވެ ޗައިނާގެ ބާރު ގަދަ ވަނީ

އއިބްރާހީމްް ސަމީރުMar 15, 2025
އެމެރިކާއިން ދެކެނީ ޗައިނާއިން ދުނިޔޭގެ ވިޔަފާރި މަގުތައް ކޮންޓްރޯލުކޮށް، ޕެނަމާ ސްޓްރެޓެޖީގެ ނަމުން އަމއްލަ އެޖެންޑާއެއް ގެންގުޅޭ ކަމަށެވެ. އެމެރިކާއިން ތުހުމަތު ކުރަނީ، ޗައިނާގެ އަމާޒަކީ މުހިންމު ކަނޑުގެ ސަރަހައްދުގެ މިލްކުވެރިކަމާއި ބަނދަރު ފަދަ މަޝްރޫއުތައް ބިނާކޮށްގެން ބާރުތައް އަލުން ބައްޓަން ކުރާށެވެ. އެއީ ޕެނަމާ ކެނަލްގެ ދެ ފަރާތުގައި ޗައިނާއިން ބަންދަރު ގެންގުޅެއެވެ. އެމެރިކާއިން ދެކެނީ އެތަންތަނަކީ، އަސްކަރީ ގޮތުން ބޭނުން ކުރެވިދާނެތަންތަން ކަމަށެވެ. އަދި އެއީ އެމެރިކާއަށް ބޮޑު ބިރެކެވެ. މިކަމުގެ ސަބަބުން މިނިވަން ވިޔަފާރިއާއި އަސްކަރީ ބޭނުންތަކަށް މި ނެރު ވަކި ފަރާތަކަށް ނުޖެހި އޮވެދާނެ ކަމަކަށް އެމެރިކާއިން ނުދެއެކެވެ. ޕެނަމާ ކެނަލް އަކީ އެމެރިކާއަށް މުހިންމު ނެރެކެވެ. އެމެރިކާއިން އެންމެ ގިނައިން މިނެރު ބޭނުންކުރި ނަމަވެސް ޗައިނާ އަކީ ދެވަނައިގައިމި ނެރު ބޭނުންކުރާ މިނެރު ކޮންޓްރޯލު ކުރާ ފަރާތެވެ. މިކަމުގެ ސަބަބުން އެމެރިކާގެ ޝިޕިން ހަރަދުތައް މައްޗަށް ގޮސް  1978 ވަނަ އަހަރު ޕެނަމާއާ އެކު ވެވުނު އެއްބަސްވުމުގެ ރޫހާ ޚިލާފް ވެއެވެ. ޓްރަމްޕްގެ ޓީމުން ވަނީ ޕެނެމާއިން މިތަންތަން ޗައިނާއާ ޙަވާލު ކުރީ ގަވާއިދާ ހިލާފު ކަމެއް ކަމަށް ބުނެ ފިޔަވަޅު އަޅާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދީ ބާރުކަމަށްވާ ޗައިނާއިން ދަނީ އެމެރިކާގެ ސަރަހައްދުގައިވެސް ނުފޫޒު ފޯރުވަމުންނެވެ. މިއީ ހަމައެކަނި ޕެނަމާގެ ވާހަކައެއް ނޫނެވެ. ޗައިނާގެ ބެލްޓް އެންޑް ރޯޑް ޕްލޭން މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުތަކާއި ބަނދަރުތައް ޗައިނާއިން ދަނީ ހަދަމުންނެވެ. ގައުމުތަކުން ޗައިނާގެ ދަރަނި ފައިސާއިން ހަދާ މި ޕްރޮޖެކްޓްތަކުގެ ސަބަބުން ގިނަ ފަހަރަށް ގައުމުތައް ދަރަނިވެރިވެ، ބެއިޖިންއަށް ކޮންޓްރޯލު ލިބެ އެވެ. ޗައިނާގެ ކަނޑުގެ ލަނޑުދަނޑިތައް ދުނިޔޭގެ ހުރިހައި ހިސާބެއްގައި ކުރިއަރަމުން ދެއެވެ. ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ދަނީ ބާރު ދައްކަމުންނެވެ. އެތާގައި ޖަޒީރާ މަރުކަޒުތައް ހަދައި، ތިން ޓްރިލިއަން ޑޮލަރުގެ ވިޔަފާރި ލޭނެއް ކޮންޓްރޯލް ޗައިނާއިން ކޮންޓްރޯލު ކުރެ އެވެ. މިކަމުގެ ސަބަބުން ޓައިވާނާއި ޖަޕާން ފަދަ އެމެރިކާގެ އެކުވެރި ގައުމުތަކަށް ގޮންޖެހުންތަކެއް ކުރިމަތިވަމުން ދެއެވެ. ޗައިނާއިން އީރާނާ ގުޅުން ބަދަހި ވަމުން ދިއުމުގެ ސަބަބުން ހުރުމުޒު ކަނޑު އޮޅީގައިވެސް ޗައިނާގެ ނުފޫޒު ފެތުރި ބާރުގަދަވެފައި ވެއެވެ. ޖިބޫޓީގައި ހުންނަ އެ ޗައިނާ ސިފައިންގެ މަރުކަޒުން ރެޑްސީ ސަރަހައްދު ބަލަހައްޓައެވެ. ޗައިނާއިން ބޭނުންވަނީ އިގްތިސާދީ ބާރާއި، އަސްކަރީ ބާރާއި، ނުފޫޒާއި، ރައްކާތެރި ވަސީލަތްތަކެވެ. އަދި ޗައިނާ ޑްރީމް ބައްޓަން ކުރަން ލިބެނީ  އެމެރިކާ ބަލިކަށި ވުމުންނެވެ.  

Related News