ދިވެހި|English Aug 24, 2026 · 09:35
Top banner
Advertisement
މޮދީއާއި ޔޫނުސް ބެންކޮކްގައި ބައްދަލު ކުރައްވައިފި
World

މޮދީއާއި ޔޫނުސް ބެންކޮކްގައި ބައްދަލު ކުރައްވައިފި

އއިބްރާހީމްް ސަމީރުApr 4, 2025
ބެންކޮކްގައި ކުރިއަށް ދާ ބޭ އޮފް ބެންގަލް އިނިޝިއޭޓިވް ފޯ މަލްޓި ސެކްޓަރ ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (ބިމްސްޓެކް) ގްރޫޕްގެ ހަވާސާގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީއާއި ބަނގްލަދޭޝްގެ ޗީފް އެޑްވައިޒަރު މުހައްމަދު ޔޫނުސް ބައްދަލު ކުރައްވައިފިއެވެ. މޮދީ ވަނީ އިންޑިއާއިން ބަނގްލަދޭޝާއެކު ގާތް ގުޅުމެއް ބާއްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ. އަދި ބަނގްލަދޭޝްގެ ހިންދޫންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދެއްވުމަށްވެސް އޭނާ އިލްތިމާސް ކުރެއްވިއެވެ. ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބިމްސްޓެކްގެ ލީޑަރުންގެ ރޭގަނޑުގެ ފަރިއްކޮޅުގައި މޯދީ އާއި ޔޫނުސް ތިއްބެވީ އެކުގައި އިށީނދެ ވަޑައިގެންނެވެ. ބަންގްލަދޭޝްގެ އޮފިޝަލުން ވިދާޅުވީ ހަސީނާ ބަނގްލަދޭޝްއާ ހަވާލުކުރުމުގެ މައްސަލައާއި، އޭނާ އިންޑިއާގައި ހުރުމާއި، ބަނގްލަދޭޝްގައި ހަމަނުޖެހުން އުފެއްދުމަށް ހަސީނާ ދައްކަވާ ވާހަކަތަކުގެ މައްސަލަ ވެސް ޔޫނުސް ފާހަގަ ކުރެއްވި ކަމަށެވެ. އަދި ޔޫނުސް ވަނީ ޓީސްޓާ ކޯރު ފެން ހިއްސާކުރުމާއި، ގަންގާ މުއާހަދާ އާކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ. މި ބައްދަލުވުމުގައި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރާއި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ޑޯވަލް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.  

Related News