ދިވެހި|English Aug 24, 2026 · 09:35
Top banner
Advertisement
އެމެރިކާއިން ޖޯޑަންގެ އަބްދުﷲ ރަސްގެފާނަށް ފާޑު ކިޔައިފި
World

އެމެރިކާއިން ޖޯޑަންގެ އަބްދުﷲ ރަސްގެފާނަށް ފާޑު ކިޔައިފި

އއިބްރާހީމްް ސަމީރުMay 8, 2025
ކެންސަރު ޖެހިފައިވާ ފަލަސްޠީނުގެ ކުޑަކުދިންނަށް ފަރުވާ ދިނުމަށް ޖޯޑަންއަށް ގެންދަން ވައުދުވެ ވަޑައިގަތުމަށްފަހު އެކަން ނުކުރައްވާތީ އެމެރިކާއިން ޖޯޑަންގެ އަބްދުﷲ ރަސްގެފާނަށް ފާޑުކިޔައިފިއެވެ. އަބްދުﷲ ވަނީ  ވައިޓްހައުސްއަށް ކުރެއްވި ޒިޔާރަތުގައި އެކުދިން ޖޯޑަންއަށް ގެންދަވާފައި ފަރުވާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެމެރިކާއިން ބުނަނީ މިއަދާހަމައަށް އަބްދުﷲ ގެންދެވީ އެންމެ 44 ކުދިން ކަމަށެވެ. ޖޯޑަންގެ ބިރަކީ އެކުދިންނާއި އާއިލާތައް ޖޯޑަންއަށް ގެންގޮސްފިނަމަ އިޒްރޭލުން ފަހުން އަނބުރައި އެމީހުން ބަލައި ނެގެންފާނެތިއެވެ. އަދި އެމީހުން ޖޯޑަންގެ ސަރުކާރުން ބަލަހައްޓަން ޖެހިދާނެތީއެވެ. އިޒްރޭލަކީ ނިޒާމީ ސިފައެއްގައި ފަލަސްޠީނު މީހުން އެމީހުންގެ ވަޒަނުން ބޭރުކޮށްލައި ބިން ހިފާ ސިޔާސަތު ގެންގުޅޭ ބައެކެވެ.

Related News