ދިވެހި|English Aug 24, 2026 · 08:05
Top banner
Advertisement
ބިރަކާ ނުލައި މެރުން
World

ބިރަކާ ނުލައި މެރުން

އއިބްރާހީމްް ސަމީރުMay 21, 2025
ޣައްޒާގައި އިޒްރޭލުން ދީފައިޥާ ބޮމުގެ ހަމަލަތަކުގައި 85 ފަލަސްޠީނުން ޝަހީދުވެއްޖެއެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ ހިޖުރަކުރި މީހުން ދިރިއުޅޭ ސަރަޙައްދުތަކަށާއި އަދި ގިނަ އަދަދެއްގެ ޞިއްޙީ މަރުކަޒުތަކަށެވެ. ޣައްޒާގެ މަދަނީ ހަސްފަތާލުގެ ޑިރެކްޓަރު މަރުވާން އަލްހަމްޞް ވިދާޅުވި ގޮތުގައި ޔަހޫދީން ދެމުންދާ ހަމަލަތަކަކީ، ނިޒާމީ ސިފައެއްގައި ޞިއްޙީ ދާއިރާ ހަލާކުކޮށްލުމަށް ރޭވިގެން ކުރެވޭ ދެމުންދާ ހަމަލަތަކެކެވެ. ދޭރުލް ބަލަޙް ސިޓީގެ އިރުމަތީގައި ހުރި އަބޫސަމްރާ ޢާއިލާގެ ގެއަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި 13 މީހުން ޝަހީދުކޮށްފައި ވެއެވެ. މިހަމަލަތަކަށް ނިމުމެއް ނެތެވެ. ޣައްޒާ ސިޓީގެ އިރުމަތީގައިވާ އައްދަރަޖް ސަރަޙައްދުގައި ހުރި މޫސާ ބިން ނުޞައިރު ސްކޫލްގައި ހިޔާވަހިކަން ހޯދާފައިވާ މީހުންނަށް ޒަޔަނިސްޓުންގެ މަތިންދާބޯޓުތަކުން ދިން ހަމަލާއެއްގައި 12 މީހުން ޝަހީދު ކޮށްފައި ވެއވެ. މެދު ތެރޭގެ އައްނުޞައިރާތު ކޭމްޕްގެ ހުޅަނގުގައިވާ، އާންމުން ހިޔާވަހިކަން ހޯދާފައވާ ޕެޓްރޯލް ސްޓޭޝަނަށް ޔަހޫދީން ދިން ހަމަލާއެއްގައި 15 މީހުން ޝަހީދު ކޮށްފައި ވެއެވެ.

Related News