ދިވެހި|English Aug 24, 2026 · 08:43
Top banner
Advertisement
ކަޝްމީރު ރޭލުން ގުޅުވާލައިފި
World

ކަޝްމީރު ރޭލުން ގުޅުވާލައިފި

އއިބްރާހީމްް ސަމީރުJun 6, 2025
ކަޝްމީރުގެ ސަރަހައްދު ހުރަސްކޮށް އިންޑިއާގެ އެހެން ހިސާބުތަކަށް ގުޅުވާލާ ރޭލު ދަތުރުތައް 127 އަހަރު ފަހުން ހަގީގތަކަށް ވެގެން ދިޔައީއެވެ. އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ކަޓްރާ އިން ސްރީނަގަރަށް ވަންޑޭ ބާރަތު އެކްސްޕްރެސް ފަށްޓަވައި ދެއްވާފައެވެ. އަދި ދުނިޔޭގެ އެންމެ އުސް ބްރިޖް ކަމަށްވާ ޗެނާބް ރޭލް ބްރިޖަކީ މި މަޝްރޫއުގެ މުހިންމު ބައެކެވެ. މި ރޭލުން ކަޝްމީރު ސަރަހައްދު އިންޑިއާގެ އެހެން ސަރަހައްދުތަކާ ގުޅުވައިދޭނެ އެވެ. ހަފްތާއަކު 6 ދުވަހުގެ ރޭލް ލިންކުގެ ސަބަބުން ފަތުރުވެރިކަމާއި ވިޔަފާރިއާއި ވަޒީފާތަކަށް ކުރިއެރުން ލިބިގެން ދާނެއެވެ. އަދި ކަޝްމީރުގެ އާފަލާއި އަތްތެރި މަސައްކަތުގެ ބާވަތްތައް ފަދަ މުދާ ފަސޭހައިން އިންޑިއާއާއި ދުނިޔޭގެ އެހެން ސަރަހައްދުތަކަށް ބޭރުކުރެވޭނެއެވެ. އާންމު ރައްޔިތުން ދެކެނީ ޒަމާން ތަކަކަށް ބަލަމުން ދިޔަ ހުވަފެން ހަގީގަތަކަށް ވެގެން ދިޔައީ ކަމަށެވެ.

Related News