ދިވެހި|English Jul 10, 2026 · 01:31
Top banner
Advertisement
ގައްސާމް ބްރިގޭޑަކީ ބިރުވެރި ބައެއް
World

ގައްސާމް ބްރިގޭޑަކީ ބިރުވެރި ބައެއް

އއިބްރާހީމްް ސަމީރުJun 25, 2025
ހަމާސްގެ އަސްކަރީ ގޮފި، ގައްސާމް ބްރިގޭޑަކީ އަދިވެސް އިޒްރޭލު ސިފައިން ބިރުގަންނަ ވަރުގެ ހަނގުރާމައިގެ މެޝިނެކެވެ. ޣައްޒާގެ ދެކުނުގައި ގައްސާމުން އިއްޔެ ހިންގި އޮޕަރޭޝަނުގައި އުދުވާނީ ޔަހުދީ ސިފައިންގެ ހަތް މީހަކު ނައްތާލާފައި ވެއެވެ. މި ޔަހޫދީން ނައްތާލާފައި ވަނީ އެމީހުން ތިބި އާމަރޑް ވެހިކަލެއްގައި ގޮވާ އެއްޗެއް ޖައްސައިގެންނެވެ. މިމީހުންގެ ނަންތައް ސިއްރު ކޮށްގެން އުޅުމަށްފަހު މިހާރު ވަނީ އާންމުކޮށްފައެވެ. މި އެންމެންނަކީ އުމުރުން 19އާއި 21 އަހަރާ ދެމެދުގެ ޔަހޫދީ ހަނގުރާމައިގެ މުޖުރިމުންނެވެ. ޔަހޫދީ ސިފައިން ބުނަނީ މި އެ އެންމެން ވެސް އުޅުނީ ސިފައިންގެ 605 ވަނަ ކޮމްބަޓް އިންޖިނިއަރިން ބެޓޭލިއަން އާއި އެކުގައި ކަމަށެވެ. މި ޔަހޫދީން ނައްތާލުމުގެ ސަބަބުން ޣައްޒާގައި ހަމާސްއާ ދެކޮޅަށް އެއްގަމު މަގުން ޔަހޫދީން މިފަހުން ފެށި އޮޕަރޭޝަންތަކުގައި ގައްސާމުން ނައްތާލި ޔަހޫދީންގެ އަދަދު 400 އަށް އެރީއެވެ. ޔަހޫދީ ސިފައިން ބުނަނީ އެމީހުން ބެލިބެލުމުން އެނގުނީ މި މީހުން ނައްތާލާފައި ވަނީ ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ފަރާތުންނެވެ. އަދި އެމީހުން ވަނީ ޔަހޫދީ ހަނގުރާމައިގެ މުޖުރިމުން ދުއްވާ ޕޫމާ އާމަންޑް ކޮމްބަޓް އިންޖިނިއަރިން ވެހިކަލްގައި ބޮމެއް ހަރުކޮށްގެން ޔަހޫދީން ޚާން ޔޫނިސްގައި ނައްތާލާފައެވެ.

Related News