ދިވެހި|English Aug 24, 2026 · 08:02
Top banner
Advertisement
އިންޑިއާ އިގްތިސާދު
World

އިންޑިއާ އިގްތިސާދު

އއިބްރާހީމްް ސަމީރުJun 28, 2025
އިންޑިއާގެ އިޤްތިޞާދު ޖީ7 ޤައުމުތަކަށް ވުރެ ހަލުވި ދުވެއްޔެއްގައި ކުރިއަރާނެ ކަމަށް ލަފާކުރެވެއެވެ. މި ކުރިއެރުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހަރުދަނާ މެކްރޯ އިޤްތިޞާދީ ސިޔާސަތުތަކާއި، ސަރުކާރުގެ އިންވެސްޓްމަންޓްތަކާއި، ރަށްފުށުގެ ސަރަޙައްދުތަކުގެ ޑިމާންޑް އިތުރުވުމާއި، އުފެއްދުންތެރިކަމުގެ ކުރިއެރުން ހިމެނެއެވެ. އިންޑިއާގެ މާލީ މާޙައުލަކީ ބައިނަލްއަޤްވާމީ އިންވެސްޓަރުންނަށް އަހައްމިއްޔަތުކަން ދޭ މާހައުލެކެވެ. އިކުއިރަސްގެ ސީއީއޯ މިތޭޝް ޝާހު މި ކުރިއެރުމަށް ސިފަކުރައްވާ ފައިވަނީ "ސެއިސްމިކް ޝިފްޓެއް" ގެ ގޮތުގައެވެ. އޭނާގެ ލަފާކުރެއްވުމުގައި، 2025 އިން 2030 އަށް ދުނިޔޭގެ ޖީޑީޕީ ކުރިއެރުމުގައި އިންޑިއާގެ ހިއްސާ 15% އަށް ވުރެ އިތުރުވާނެ ކަމަށް ލަފާ ކުރެއެވެ. އިންޑިއާގެ ޖީޑީޕީގެ ހިއްސާ ޖަޕާނާއި ޖަރުމަނުވިލާތަށް ވުރެ އިތުރުވާނެ ކަމަށް ލަފާ ކުރެވެއެވެ.

Related News