ދިވެހި|English Aug 24, 2026 · 08:39
Top banner
Advertisement
މޮދީއާ ސްޓާމާރު ބައްދަލުކުރައްވައިފި
World

މޮދީއާ ސްޓާމާރު ބައްދަލުކުރައްވައިފި

އއިބްރާހީމްް ސަމީރުOct 9, 2025
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރ ސްޓާމަރ އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވައިފިއެވެ. އެ  ބައްދަލުކުރެއްވުމުގައި ސްޓާމަރ ވަނީ ޚަލިސްތާނީ ހަރުކަށި ފިކުރުގެ މައްސަލަ އާ މެދު ތަފްސީލުކޮށް މަޝްވަރާކުރައްވާފައެވެ. އިންޑިޔާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވީ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ހަރުކަށި ފިކުރަށާއި އަނިޔާވެރި ހައްދުފަހަނައަޅާ ދިއުމަށް ޖާގައެއް ނޯންނާނެ ކަމަށާއި، މުޖުތަމައުތަކުން ދޭ މިނިވަންކަން ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ޓެރަރިސްޓުންނަށް ދީގެން ނުވާނެ ކަމަށް ބޮޑުވަޒީރު މޯދީ ވިދާޅުވި ކަމަށެވެ. އަދި މިފަދަ ކަންކަމާ ދެކޮޅަށް ދެ ގައުމުގައިވެސް ޤާނޫނީ އޮނިގަނޑުގެ ތެރެއިން ފިޔަވަޅު އަޅަން ޖެހޭ ކަމަށް މޮދީ ފާހަގަކުރެއްވިއެވެ. ދެ ބޭފުޅުން ވަނީ ވިޔަފާރިއާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ. ސްޓާމާރުގެ އަރިހު 125 ވިޔަފާރިވެރިންގެ ވަފްދެއް ހިމެނެއެވެ. އަދި ޔޫކޭގެ އިސް 9 ޔުނިވާސިޓީއެއްގެ ޗާންސެލަރުންވެސ   ބައިވެރިވެއެވެ.

Related News