ދިވެހި|English Aug 24, 2026 · 08:42
Top banner
Advertisement
ހުވައި ކުރިތާ އިރުކޮޅެއް ފަހުން ކައުންސިލު ރައީސް ހައްޔަރުކޮށްފި
World

ހުވައި ކުރިތާ އިރުކޮޅެއް ފަހުން ކައުންސިލު ރައީސް ހައްޔަރުކޮށްފި

އއިބްރާހީމްް ސަމީރުOct 10, 2025
މިސްރުގެ އިސްކަންދަރިއްޔާ ސަރަހައްދުގެ އަވަށެއްގެ ކައުންސިލްގެ ރައީސް މަގާމުގެ ހުވައި ކުރިތާ އިރުކޮޅެއްގެ ތެރޭގައި ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރު ކުރީ، އޭނާގެ މައްޗަށް ކުރިން ސާބިތުވެފައިވާ ރިޝްވަތުގެ މައްސަލައެއްގައެވެ. އޭނާއަށް މަގާމުގައި ހުރެވުނީ 48 ގަޑި އިރަށެވެ. މިއީ މީގެ 4 އަހަރު ކުރިން، އޭނާ، މަހައްލަލް ކުބްރާގެ ސިޓީ ކައުންސިލުގެ ރައީސްކަން ކުރިއިރު ހިންގާފައިވާ ޖަރީމާއެކެވެ. މި މައްސަލައިގައި މިދިޔަ އޭޕްރީލް މަހު އޭނާގެ ޣައިރު ހާޒިރުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައި ވެއެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ މިސްރުގެ 200,000 މިސްރު ގިނޭ (ގާތްގަނޑަކަށް 4,200 ޑޮލަރު) ގެ ރިޝްވަތެއް ނެގިކަމަށެވެ. މިމީހާއަކީ ރިޓަޔަރކޮށްފައިވާ ބްރިގޭޑިއަރ ޖެނެރަލެ ކެވެ.

Related News