ދިވެހި|English Aug 24, 2026 · 08:43
Top banner
Advertisement
އެމެރިކާ ފޭބުމުން އަފްޣާން އަފިހޫން ވިޔަފާރި ހުއްޓިއްޖެ
World

އެމެރިކާ ފޭބުމުން އަފްޣާން އަފިހޫން ވިޔަފާރި ހުއްޓިއްޖެ

އއިބްރާހީމްް ސަމީރުNov 9, 2025
ތާލިބާނުން ވެރިކަމަށް އައުމުން ދުނިޔެއަށް އަފިހޫން ލިބުން ދަތިވެފައިވާ ކަމަށް ބުނެ އެމެރިކާގެ ފަރާތްތަކުން ޝަކުވާ ކުރަން ފަށައިފިއެވެ. 2022ގައި ވެރިކަމަށް އައުމަށްފަހު ތާލިބާނުން ވަނީ އަފިހޫނުގެ ދަނޑުވެރިކަން ހުއްޓުވާފައެވެ. އެމެރިކާއިން އަފްޣާނިސްތާނުގައި ހަނގުރާމަ ކުރިއިރު އަފިހޫނު އުފެއްދުމަށް ހިތްވަރުދީ އެމެރިކާ ސިފައިން އެކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވިއެވެ. ތާލިބާން ސަރުކާރުން ޕޮޕީ ގަސް އިންދުން މަނާކުރި ފަހުން އަފްޣާނިސްތާނުގައި އަފިހޫން އުފެއްދުން ވަރަށް ބޮޑަށް ދަށްވެފައި ވެއެވެ.  އެމެރިކާގެ ވާގިވެރިކަމާއެކު އަފްޣާނިސްތާނުގައި ކުރިން ދުނިޔޭގެ 80 ޕަސެންޓަށް ވުރެ ގިނަ އަފިހޫން އުފެއްދިއެވެ. އަދި އަފްޣާނިސްތާންގެ ފެންވަރު މަތީ ހެރޮއިން އެއިރު ޔޫރަޕްގެ ބާޒާރުގައި ބޮޑު އަގުގައި ވިއްކިއެވެ. އެއިރު އަފްޣާން ހެރޮއިންގެ ހިއްސާ 95 ޕަސެންޓަށް އަރައިގެން ދިޔައެވެ. އަފްޣާނިސްތާނުގައި ތާލިބާނުންނަށް އަލުން ވެރިކަން ލިބުމާއެކު ޠާލިބާންގެ އަމީރު ހިބަތުﷲ އަޚުންދްޒާދާ ވަނީ އަފިހޫން އުފެއްދުން ހަރާމްކަމަށް ފަތުވާ ނެރުއްވައި އެކަން ހުއްޓުވާފައެވެ.

Related News