ދިވެހި|English Aug 24, 2026 · 09:34
Top banner
Advertisement
ޔަހޫދީން މިސްކިތެއްގައި ހުޅުޖަހައިފި
World

ޔަހޫދީން މިސްކިތެއްގައި ހުޅުޖަހައިފި

އއިބްރާހީމްް ސަމީރުNov 14, 2025
ޔަހޫދީ ވަޒަން ވެރިން ވަނީ ހުޅަނގު އައްސޭރީގެ ސަލްފޭތު އަވަށުގައި ދަންވަރު މިސްކިތެއްގައި ހުޅު ޖަހާފައެވެ. ޔަހޫދީން ހުޅަނގު އައްސޭރީގައި މީހުންގެ މުދަލަށް ގެއްލުންދީ މީހުންނަށް އަނިޔާ ކުރުމުގެ 8 މައްސަލަ އެވަރެޖުކޮށް ކޮންމެ ދުވަހަކު ހިންގަމުން ގެންދެއެވެ. މީގެ އިތުރުން އިސްރާއީލުގެ ޖެނޮސައިޑް ފޯސްއިން ވަނީ ބުލްޑޯޒަރުތައް ބޭނުން ކޮށްގެން ގުދުސްގެ ހުޅަނގު އުތުރުގައި އޮންނަ ޓައުންގެ ޕާކެއް ތަޅާލާފައެވެ. ފަލަސްތީނުގެ މިނިސްޓްރީ އޮފް ރިލީޖިއަސް އެފެއާޒްގެ ފަރާތުން ވަނީ މިސްކިތުގައި ހިންގި ޖަރީމާ ކުށްވެރިކޮށްފަ އެވެ.  

Related News