ޑިސެމްބަރ 23, 2024 17:43

ތަރައްގީގެ މަގުތައް ކޮށޭނީ ދުނިޔޭގެ އިހްތިރާމް ލިބިފައިވާ ގައުމަކަށް ރާއްޖެވެގެން: ރައީސް

މުހައްމަދު އަލީ
ސެޕްޓެމްބަރ 21, 2024

ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މަގުތައް ކޮށޭނީ، މުޅިދުނިޔޭގެ އިހްތިރާމް ލިބިފައިވާ ގައުމަކަށް ރާއްޖެ ވެގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖެއަށް އދ. ގެ މެންބަރުކަން ލިބުނުތާ ފަންސާސް ނުވައަހަރު ފުރޭދުވަސް ފާހަގަކުރުމުގެ ގޮތުން ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

މިމެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށްއޮތް އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނީ ދިވެހިރާއްޖެއާމެދު ދެކިވަޑައިގަންނަވާ ތަސައްވަރު ހާމަކުރެއްވުމަށް ކަމުގައެވެ. ”އަޅުގަނޑު އދ. އަށް ޒިޔާރަތްކޮށް، އެންމެ އިސްކަން ދޭނެކަމަކީ ދިވެހިރާއްޖެއާ މެދު އަޅުގަނޑު ދެކޭ ތަސައްވަރު ހާމަކުރުން. ދިވެހިންގެ އަޑު، ދިވެހިންގެ ވިންދުގެ އަޑު، ދިވެހިންގެ އިޙުސާސްތައް އިއްވުމަށް“ އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ އދ. ގައި ރާއްޖެ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައި ކަމަށް ވިދާޅުވެފައެވެ. ކުރިއަށް އޮތްތަނުގައި އިތުރު މުހިންމު މަސްއޫލިއްޔަތުތައް ޒިންމާދާރުކަމާއެކު އަދާކޮށްގެން ރާއްޖެ ކުރިއަށް ގެންދަން ބޭނުންކަމަށް ރައީސް ވިދާޅިވިއެވެ.

ރައީސް މި މެސެޖުގައި ވިދާޅުވެފައިވަނީ ޚާރިޖީ ސިޔާސަތު ބައްޓަން ކުރެއްވުމާއި ހިންގެވުމުގައި އެންމެ އިސްކަމެއް ދެއްވާނީ ދިވެހިރައްޔިތުންގެ މަސްލަހަތަކަމަށެވެ.

މި ލިޔުމާ ގުޅޭ