ތިމާވެށި
އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ދިން ހަމަލާތަކުގެ ސަބަބުން އީރާނުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންވަމުންދާ ކަމަށް އެގައުމުން ބުނެފިއެވެ. މިކަންކަން ހާމަކޮށް އީރާނުގެ ޑިޕާޓްމަންޓް އޮފް އެންވަޔަރަންމަންޓުން ވަނީ ރިޕޯޓެއް ނެރެފައެވެ. ހޯމަ ދުވަހު ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ މި ހަމަލާތަކުގައި އީރާނުގެ ދިހަ ޕްރޮވިންސެއްގެ ސިނާއީ މަޒުކަޒުތަކަށް ބޮޑެތި ގެއްލުންވެފައިވާ ކަމަށެވެ. އޭގެތެރޭގައި އިރުމަތީ އަޒަރުބައިޖާނާއި، އަލްބޯޒާއި، ބުޝެހެރާއި، ތެހެރާނާއި، ޚުރާސާން ރަޒާވީއާއި، ޚުޒެސްތާނާއި، މަރްކަޒީއާއި،....

