ކައުންސިލަށް ކުރިމަތިލީ ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ޚިދުމަތް ކޮށްދޭން: މާޖިދު

އެމްޑީޕީގެ ފަރާތުން ފަރެސްމާތޮޑާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލައިފައިވާ މުހައްމަދު މާޖިދު ބުނީ އޭނާ ކައުންސިލަށް ކުރިމަތިލީ ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ޚިދުމަތް ކޮށްދިނުމަށް ކަމަށެވެ. ”މިނިކުންނަނީ ﷲގެ އިރާދަފުޅާއެކު ރައްޔިތުންނަށް ޚިދުމަތް ކުރަން ޚާދިމެއްގެ ގޮތުގައި. ފަރެސްމާތޮޑާ ރައްޔިތުންގެ މުހުތާދުތައް އަޅުގަނޑަށް އެނގޭ. ރައްޔިތުން ބޭނުންވަނީ ކޮންކަމެއް ކަމެއްވެސް އެނގޭ. ކައުންސިލަށް ލާޒިމް ކޮށްފައިވާ ކަންކަމަކީ ކޮންމެ ބަޔަކު ކައުންސިލަށް ހޮވުނަސް ކުރަންޖެހޭ ކަންކަން. ދޭންޖެހޭ ޚިދުމަތް އެއީ ގާނޫނު އަސާސީން ލާޒިމް ކޮށްފައިވާ އަސާސީ ޚިދުމަތްތައް. […]
ޓްރަމްޕްގެ ސުންޕާކަމުން

އެމެރިކާގެ ބޮޑު ބަޔަކަށް ކުރިމަތިވެފައިވާ ގަދަ ފިންޏާއި، ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން މުޅި ގައުމުގެ އާންމު ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ. މި ނުރައްކާތެރި މޫސުމީ ހާލަތާ ގުޅިގެން 160 މިލިއަނާއި 190 މިލިއަނާ ދެމެދުގެ އަދަދަކަށް މީހުންނަށް ވަނީ ސަމާލުކަން އިތުރުކުރުމަށް އަންގާފައެވެ. މި ތޫފާނުގެ އަސަރު ނިއު މެކްސިކޯ އިން ފެށިގެން މެއިން އާ ހަމައަށް ވަނީ ފެތުރިފައެވެ. މޫސުމާ ބެހޭ މާހިރުން ލަފާކުރާ ގޮތުގައި އެމެރިކާގެ ދެކުނުގެ ސަރަހައްދުތަކަށް ގަނޑުފެނުގެ ނުރައްކާ […]
މިނެސޯޓާއަށް ބައިނަލްއަގްވާމީ ލަޝްކަރެއް ބޭނުން

އެމެރިކާގެ މިނެސޯޓާ ސްޓޭޓްގެ މިނިއާޕޮލިސްގައި ފެޑެރަލް އިމިގްރޭޝަން އޭޖެންޓުން ހިންގި ދެ އޮޕަރޭޝަނެއްގައި ދެ މީހަކު މަރުވުމާ ގުޅިގެން، އެ ސިޓީގައި 10 ހާސްމީހުން ބައިވެރިވާ ބޮޑެތި އިހުތިޖާޖުތަކެއް ފެށި، ފެޑެރަލް އިދާރާތަކާއި ލޯކަލް ސަރުކާރާ ދެމެދު އޮތް އިތުބާރު ވަނީ ގެއްލިފައެވެ. މި ހަމަނުޖެހުންތައް ބޮޑުވީ މި މަހުގެ ތެރޭގައި ހިނގި ދެ ހާދިސާއެއްގައި އާންމުންގެ ދެ މީހަކު ގަޔަށް ޓްރަމްޕްގެ ފުލުހުން ބަޑިޖަހައި މަރާލުމާ ގުޅިގެންނެވެ. އެންމެ ފަހުން ހިނގި ހާދިސާގައި މަރުވީ އައިސީޔޫ […]
އަންހެން ކުއްޖަކު ގޭންގް ރޭޕްކުރި މައްސަލައެއް

ޕާކިސްތާނުގެ ޖެކޮބްއާބާދު ޑިސްޓްރިކްޓްގައި ފުލުހުންގެ ބަންދުގައި ހުރި 17 އަހަރުގެ އަންހެން ކުއްޖަކު ގޭންގް ރޭޕްކުރި މައްސަލައެއްގައި ހަ ފުލުހަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ މަރުގެ މައްސަލައެއްގެ ތުހުމަތުގައި އެ ކުއްޖާ އާއި އޭނާގެ އާއިލާގެ ބައެއް މެންބަރުން ޤާނޫނާ ޚިލާފަށް ބަންދުކޮށްފައި ބޭތިއްބި ރެއެއްގައެވެ. ޑިސްޓްރިކްޓް އެސްއެސްޕީ މުޙައްމަދު ކަލީމް މާލިކް މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ތަޙުޤީޤުން އެނގިފައިވާ ގޮތުގައި ސްޓޭޝަނުގެ އިސްވެރިޔާ ޗުއްޓީއަށް ދިޔަ ރޭ، އެ ތަނުގެ އިންޗާޖު ކޮޓަރީގެ ތަޅުދަނޑި […]
އިންޑިއާ އާއި ނިއުޒީލޭންޑް

އިންޑިއާ އާއި ނިއުޒީލޭންޑާ ދެމެދު ތާރީޚީ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި (އެފްޓީއޭ) 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސޮއިކޮށްފިއެވެ. އެންމެ ނުވަ މަސް ދުވަހުގެ ތެރޭގައި ނިންމާލި މި އެއްބަސްވުމަކީ އާދައިގެ ވިޔަފާރީގެ މުއާމަލާތަކަށްވުރެ ބޮޑަށް، ދުނިޔޭގެ ސިޔާސީ އަދި އިގްތިސާދީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ދެ ގައުމުން އެޅި ވަރުގަދަ ސްޓްރެޓީޖިކް ފިޔަވަޅެކެވެ. މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ މެދުގައި ދިގު މުއްދަތުގެ އިގްތިސާދީ ގުޅުމެއް ގާއިމުވެގެންދާނެއެވެ. މީގެ ތެރޭގައި 20 […]
ޗައިނާގެ މަސްވެރިފުޅަނދު

ޗައިނާގެ މަސްވެރި އުޅަނދުފަހަރަކީ ޖިއޮޕޮލިޓިކަލް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ވަސީލަތެއް ކަމަށް އެމެރިކާގެ ކޮންގްރެސްގެ ކޮމިޓީއަކުން ތުހުމަތުކޮށްފި އެވެ. އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން އުފައްދާފައިވާ ޗައިނާއާ ބެހޭ ސެލެކްޓް ކޮމިޓީން ކުރިއަށް ގެންދިޔަ ތަހުގީގަކަށްފަހު، ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ގައުމަކީ ޗައިނާ ކަމަށް ތުހުމަތުކޮށްފިއެވެ. އެ ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޗައިނާގެ ބޮޑު މަސްވެރި ފްލީޓަކީ ހަމައެކަނި ވިޔަފާރީގެ ބޭނުމަށް ބޭނުންކުރާ އެއްޗެއް ނޫން ކަމަށާއި، އެއީ […]
އދގެ ބަދަލުގައި މަސައްކަތް ކުރާ ”ބޯޑް އޮފް ޕީސް“

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލަށް އުފެއްދެވި އދގެ ބަދަލުގައި މަސައްކަތް ކުރާ ”ބޯޑް އޮފް ޕީސް“ ނުވަތަ ސުލްހައިގެ މަޖިލީހުގެ އިޚުތިސާސްގެ ދާއިރާއާ މެދު ޔޫރަޕްގެ ލީޑަރުންގެ މެދުގައި ސީރިއަސް ޝައްކުތަކެއް އެބަހުރި ކަމަށާއި، ނަމަވެސް އެމެރިކާއާ ގުޅިގެން ޣައްޒާގައި މަސައްކަތް ކުރުމަށް ތައްޔާރަށް ތިބި ކަމަށް ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާ ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ. ”ބޯޑް އޮފް ޕީސްގެ ޗާޓަރުގައި ހިމެނޭ ބައެއް ކަންކަމާ މެދު އަޅުގަނޑުމެންގެ ސީރިއަސް ޝައްކުތަކެއް އެބަހުރި. […]
ޓްރަމްޕްގެ ގައިގައި ގައިންގަޔަށް އަރާ ޒާތުގެ ހަމުގެ ބައްޔެއް

ސުއިޒަރލެންޑްގައި ޓްރަޕްމް އުޅުނު އިރު އޭނާގެ އަތުގެ ހަމުގެ ކުލަ ބަދަލުވެފައިވާ މަންޒަރު ފެނުނެވެ. އޭނާގެ އަތުން ފެނުނީ ދަދު ނަގާފައި ހުއްޓައެވެ. ހަން ބޯވެފައިވާ ތަން ބޮޑުކޮށް ހުއްޓައި ފެނުނެވެ. މިއީ މީސްމީޑިއާގައި ލަފާ ކޮށްފައިވާ ގޮތުގައި ގައިންގަޔަށް އަރާ ވައްތަރުގެ ހަމުގެ ބައްޔެކެވެ. ނަމަވެސް ޓްރަމްޕް ވަނީ އޭނާ އެސްޕިރީން ކާތީ ވާކަމެއް ކަމަށް ބުނެ ނޫސްވެރިންނާ ވާހަކަ ދައްކާފައެވެ. ފާހަގަ ކުރެވޭ ކަމަކީ އެމެރިކާގެ މި ރައީސަކީ ފެނާ ދުރު ކަމަށް ބުނެވޭ […]
