ހޮރުމުޒު ކަނޑުއޮޅީގެ މައްސަލާގައި މަޑުމައިތިރިވުމަށް ޗައީނާ ގޮވާލައިފި

ހޮރުމުޒު ކަނޑުއޮޅީގެ މައްސަލާގައި މަޑުމައިތިރިވުމަށް އެންމެހާ ފަރާތްތަކަށް ޗައީނާއިން ގޮވާލައިފިއެވެ. ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ގުއޯ ޖިއަކޫން ވިދާޅުވީ، ޗައިނާއޮތީ މި މައްސަލަ ހައްލުކުރުމަށް ބިނާކުރަނިވި ރަނގަޅު ދައުރެއް އަދާ ކުރުމަށް ތައްޔާރަކަށެވެ. ”އެންމެންވެސް މަޑުމައިތިރިވެ ހަމަޖެހެން އެބަޖެހޭ. ޗއިނާ އޮތީ ރަނގަޅު އަދި ބިނާކުރަނިވި ދައުރެއް މިކަމުގައި އަދާކުރަން ތައްޔާރަށް،“ އޭނާ ވިދާޅުވެފައިވެއެވެ. އޭނާ މިހެން ވިދާޅުވީ ހޮރްމޫޒް ކަނޑުއޮޅި ބަންދު ކުރުމުގެ މަސައްކަތް އެމެރިކާގެ ކަނޑުގެ ސިފައިން މެދުވެރުކޮށް ފާށާނޭ ކަމަށް ޓްރަމްޕް […]

އީރާނާއި ގަތަރުން ސަރަހައްދުގެ މަސްރަހާ ބެހޭގޮތުން މަޝްވަރާ ކޮށްފި

މެދުއިރުމަތީގެ މިހާރުގެ ހާލަތާމެދު ގަތަރާއި އީރާނުން މަޝްވަރާ ކުރައްވައިފިއެވެ. މިމަޝްވަރާ ކޮށްފައިވަނީ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ގަތަރުގެ ޚާރިޖީ ވަޒީރަށް ކުރެއްވި ފޯންކޯލެއްގައެވެ. ގަތަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙުމާން ބިން ޖާސިމް އައްސާނީއަށް އަރަޤްޗީ ކުރެއްވި ކޯލުގެ ވަނީ ޕާކިސްތާނުގައި އީރާނާއި އެމެރިކާއިން ބޭއްވި މަޝްވަރާތަކާ ބެހޭގޮތުން ވާހަކަ ދައްކަވައިފައެވެ. އެހެންނަމަވެސް މީގެ އެއްވެސް ތަފްސީލެއް އީރާނުގެ މީޑީއާއިން ހާމަކުރައްވާފައެއް ނުވެއެވެ. މި ދެބޭފުޅުންވަނީ ސުލްހައިގެ ވާހަކަތަކުގެ އިތުރުން ސަރަހައްދީ […]

އެމެރިކާ-އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން އީރާނުގެ ތިމާވެށްޓަށް ބޮޑު ގެއްލުމެއް

އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ދިން ހަމަލާތަކުގެ ސަބަބުން އީރާނުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންވަމުންދާ ކަމަށް އެގައުމުން ބުނެފިއެވެ. މިކަންކަން ހާމަކޮށް އީރާނުގެ ޑިޕާޓްމަންޓް އޮފް އެންވަޔަރަންމަންޓުން ވަނީ ރިޕޯޓެއް ނެރެފައެވެ. ހޯމަ ދުވަހު ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ މި ހަމަލާތަކުގައި އީރާނުގެ ދިހަ ޕްރޮވިންސެއްގެ ސިނާއީ މަޒުކަޒުތަކަށް ބޮޑެތި ގެއްލުންވެފައިވާ ކަމަށެވެ. އޭގެތެރޭގައި އިރުމަތީ އަޒަރުބައިޖާނާއި، އަލްބޯޒާއި، ބުޝެހެރާއި، ތެހެރާނާއި، ޚުރާސާން ރަޒާވީއާއި، ޚުޒެސްތާނާއި، މަރްކަޒީއާއި، ޔަޒްދާއި، ގިލާނާއި، ފާރސް ގެ މަރުކަޒުތައް […]

އެމެރިކާއިން އިސްތިއުމާރީ ވިސްނުން ދޫކުރިނަމަ ގޮތްތައް ފެނުނީސް:އީރާން

އެމެރިކާ ސަރުކާރުން އިސްތިއުމާރީ ވިސްނުން ދޫކޮށްލައި، އީރާނުގެ ހައްގުތަކަށް އިހުތިރާމް ކުރާނަމަ، އެއްބަސްވުމަކަށް އާދެވޭނެ ގޮތްތަކެއް ހުންނާނޭ ކަމަށް އީރާނުން ބުނެފިއެވެ. މިހެން ވިދާޅުވީ އެގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އޭނާގެ އެކްސް އެކައުންޓު މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ. މީ ޕޯސްޓުގައި އެމަނިކުފާނު ވަނީ އިސްލާމްއާބާދުގެ މަޝްވަރާތަކުގައި އީރާނުން ބައިވެރިވި ޓީމަށް ތާއީދު ކުރައްވައި ހިތްވަރު ދެއްވައިފައެވެ. މި މަޝްވަރާގައި ބައިވެރިވެ ވަޑައިގެންނެވި އެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރް ޣަލިބާފަށް ޕެޒެޝްކިއަންވަނީ ވަރަށްބޮޑަށް ޝުކުރު […]

ހަނގުރާމައިގައި އީރާން މިހާރުއޮތީ މާވަރުގަދަކޮށް ކަމަށް އިޒްރޭލް ނޫސްވެރިިއަކު ބުނެފި

ހަނގުރާމައިގައި އީރާން މިހާރުއޮތީ ކުރިއަށްވުރެވެސް ވަރުގަދަކޮށް ކަމަށް އިޒްރޭލުގެ ނޫސްވެރިއަކު ބުނެފިއެވެ. އިސްރާއީލުގެ ”މާރިވް“ އަށް މައުލޫމާތު ދެމުން ނޫސްވެރިޔާ ބަރަކް ސެރީ ބުނީ އީރާނުން އެމެރިކާއާއެކު މަޝްވަރާގެ މޭޒުދޮށަށް ދިޔައީވެސް ވަރަށް ބާރާއި އިތުބާރާ އެކުގައި ކަމަށެވެ. އޭނާ ބުނީ ހަނގުރާމަ މެދުކަނޑާލުމުގެ ކުރީން އޮތް ހާލަތަށް ބަލާއިރު އީރާނުގެ ސްޓްރެޓީޖިކް ހާލަތު ވެސް މިހާރު މާބޮޑުތަނުންވަނީ ރަނގަޅުވެފައި ކަމަށެވެ. އެމެރިކާއާއެކު ބޭއްވި ސުލްހައިގެ މަޝްވަރާ ބައްދަލުވުމުގައި އީރާނުން ކޮށްފައިވާ ޑީމާންޑުތަކާއި، އީރާން ވަފުދުން  ދައްކާފައިވާ […]

ރައީސް އޮފީހުގެ މިނިސްޓަރ އަލީ އާރިފް އިސްތިއުފާ ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިނިސްޓަރަކަށް ހުންނެވި ޢަލީ އާރިފް އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ. އެހެންނަމަވެސް މިނިސްޓަރ އިސްތިއުފާ ދެއްވި ސަބަބެއް އެނގިފައެއް ނުވެއެވެ. މި ފަހުން ރައީސް ވަނީ ބައެއް ކުންފުނި ތަކުގެ އެމްޑީންނާއި ޑީއެމްޑީން މަގާމުތަކުން ވަކި ކުރައްވައިފައެވެ. އަދި ބައެއް ކުންފުނިތަކުގެ އެމްޑީން ވަނީ އަމިއްލައަށްއިސްތިއުފާ ދެއްވައިފައެވެ. ބެލެވޭ ގޮތުގައި މިއީ ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ  ސިޔާސަތުގެ ތެރެއިން ކުރިއަށްދާ ކަމެކެވެ. […]

އަލް ކިންދީގެ ފަލްސަފީ ވިސްނުމުން، އުފަލާއި، ހިތާމަ!

އަލް ކިންދީއަކީ ޢަރަބި ފަލްސަފާގެ ބައްޕައޭ ބުނެވެއެވެ. އަލް ކިންދީގެ ފުރިހަމަ ނަންފުޅަކީ، أبو يوسف يعقوب بن إسحاق الصبّاح الكندي އެވެ. އަލްކިންދީ އުފަންވެވަޑައިގަތީ ޢިރާޤުގެ ކޫފާއަށެވެ. އޭނާ، ތަޢުލީމު ޙާޞިލުކުރެއްވީ ޢިރާޤުގެ ބަޣްދާދުންނެވެ. އޭނާއަކީ ފަލްސަފާވެރިއެއްގެ އިތުރުން، ހިސާބު ޢިލްމުވެރިއެކެވެ. އަދި ޑޮކްޓަރެއްވެސް މެއެވެ. އެއަށްފަހު، އޭނާ ވެވަޑައިގަތީ ”ބައިތުލް ޙިކުމާގެ“ ވަރަށް ފާހަގަކޮށްލެވޭ މުހިންމު ޝަޚްޞިއްޔަތަކަށެވެ. އެއްފަހަރަކު އަލް ކިންދީ، އޭނާގެ ދަރިވަރުންނާއެކު އިންނަވަނިކޮށް، ދަރިވަރަކު ތެދުވެ ސުވާލު ކުރެއްވިއެވެ. ”އުސްތާޛުއެވެ. […]

ހަމަލާތަކުގައި އީރާނުގެ 77 އާސާރީ ބިނާ ހަލާކުވެއްޖެ

އީރާނަށް އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކުގެ ސަބަބުން ތެހެރާންގެ އާސާރީ ބިނާތަކަށް ލިބުނު ގެއްލުންތަކުގެ މައުލޫމާތު އާސާރުތައް ބަލަހައްޓާ ކޮމިޓީގެ ސެކްރެޓަރީ ސަޖާދު އަސްގަރީ ދެއްވައިފިއެވެ. އައީއާރުއެންއޭ އިރްނާ ނިއުސް އޭޖެންސީން ބުނި ގޮތުގައި އަސްގަރީ ވަނީ އެ ގެއްލުން ތަފްސީލުކޮށް ކިޔައިދީފަ އެވެ. ތެހެރާންގެ 77 އާސާރީ އިމާރާތަކާއި ގަނޑުވަރުތަކާއި ދާރުލްއާސާރުތަކަށް ވަނީ ގެއްލުން ލިބިފައިވެއެވެ. އޭގެތެރެއިން 90 އިންސައްތަ ގެއްލުމަކީ ކުޑަ އަދި 10 އިންސައްތަ ސީރިއަސް ގެއްލުންތައްކެކެވެ. ގެއްލުން ލިބުނު ތަންތަނުގެ […]

ތެހެރާނާއި ތުރުކީ ގުޅުވައިދޭ ރޭލްވޭ އަލުން ހުޅުވައިފި

އީރާނުން ތެހެރާނާއި ތަބްރީޒް އަދި މަޝްހަދާއި ދެމެދު އޮތް ރޭލް ގުޅުންތައް މަރާމަތަށް މެދުކަނޑާލުމަށްފަހު އަލުން ފަށައިފިއެވެ. އީރާނުގެ އިރްނާ ނިއުސް އޭޖެންސީން ބުނެފައިވަނީ މިސަރަހައްދުތަކުގެ ރޭލުގެ ޚިދުމަތް މެދުކަނޑާލީ އެތަންތަން ހަލާކުވެފައިވާތީ އަލުން ހެދުމަށް ކަމަށެވެ. އިރާނުން މި މަސައްކަތް ކޮށްފައިވަނީ އެމެރިކާއާއި އިޒްރޭލޭއެކު ވަރުގަދަ ހަނގުރާމައެއް ވެސް ކުރަމުންނެވެ. އެހެންނަމަވެސް ރޭލުވޭތައް ހަލާކުވީ އެމެރިކަ-އިޒްރޭލް ބޮންއެޅުމުގެ ސަބަބުން ކަމެއް ނުވަތަ ނޫންކަމެއް އެނގިފައެއް ނުވެއެވެ. ތެހެރާނާއި ތަބްރީޒް އާއި މަޝްހަދާއި ދެމެދު ހަލާކުވެފައިވާ ރޭލްލައިންތައް […]

އަލިފާނުގެ ހާދިސާގައި ނަފުސާނީގޮތުން އަސަރުކުރި މީހަކަށް ފަރުވާދެނީ

ކ. ހުރާ ގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ނަފުސާނީ ގޮތުން އަސަރުކުރި އަންހެނަކަށް ފަރުވާ ދޭން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ނުވާ ކަމަށެވެ. ނަފުސާނީ ގޮތުން އަސަރުކުރި މިއަންހެން މިހާއަށް ފުރަތަމަ ފަރުވާދީފައިވަނީ ކ. ހުރާ ހެލްތު ސެންޓަރުގައެވެ. އެފަހުން އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ގެނެސްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ރޭ ހިނގި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ދަންވަރު 01:18 އެހައިކަންހާއިރު ކަމަށް […]