އީރާނުން ތެހެރާނާއި ތަބްރީޒް އަދި މަޝްހަދާއި ދެމެދު އޮތް ރޭލް ގުޅުންތައް މަރާމަތަށް މެދުކަނޑާލުމަށްފަހު އަލުން ފަށައިފިއެވެ.
އީރާނުގެ އިރްނާ ނިއުސް އޭޖެންސީން ބުނެފައިވަނީ މިސަރަހައްދުތަކުގެ ރޭލުގެ ޚިދުމަތް މެދުކަނޑާލީ އެތަންތަން ހަލާކުވެފައިވާތީ އަލުން ހެދުމަށް ކަމަށެވެ.
އިރާނުން މި މަސައްކަތް ކޮށްފައިވަނީ އެމެރިކާއާއި އިޒްރޭލޭއެކު ވަރުގަދަ ހަނގުރާމައެއް ވެސް ކުރަމުންނެވެ. އެހެންނަމަވެސް ރޭލުވޭތައް ހަލާކުވީ އެމެރިކަ-އިޒްރޭލް ބޮންއެޅުމުގެ ސަބަބުން ކަމެއް ނުވަތަ ނޫންކަމެއް އެނގިފައެއް ނުވެއެވެ.
ތެހެރާނާއި ތަބްރީޒް އާއި މަޝްހަދާއި ދެމެދު ހަލާކުވެފައިވާ ރޭލްލައިންތައް މަރާމާތު ކޮށް، ރޭލުތަކުގެ ހިދުމަތް އަލުން ފެށުމަކީ ދަތުރުފަތުރުގެ ލުއިފަސޭހަކަން ލިބުމުގެ އިތުރުން އިގްތިސާދަށް ވެސް ހެޔޮ ބަދަލެއް އަތުވެދޭނޭ ކަމަށެވެ. އިފި އެވެ.
މި ރޭލްވޭތައް މަރާމާތަށް ފަހު ހުޅުވާލުމުން މި ޚިދުމަތް ބޭންކޮށްގެން ތުރުކީއަށް ވެސް ދެވޭނޭ ކަމަށް ނޫހުގައި ބުނެފައިވެއެވެ.






