ކޯޓާގެ ވަގުވިޔަފާރި އަލުން ފެށީ މިސަރުކާރުން: ފައްޔާޒު

މުހައްމަދު އަލީ
ޖޫން 10, 2026

ކޯޓާގެ ވަގު ވިޔަފާރި އެމްޑީޕީގެ ސަރުކާރުގައި ހުއްޓުވުމުން އެކަން އަލުން ފެށީ މި ސަރުކާރުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެކަމަށް މަގުފަހި ކުރުމަށް ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ސިސްޓަމް މެލޭޝިއާގެ ކުންފުންޏަކަށް މި ސަރުކާރުން ވަނީ ވިއްކާލާފައި ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ”އެއީ އެތައް ބިލިއަން ރުފިޔާގެ ކޮރަޕްޝަންގެ އަމަލެއް. އެކަމުގައި އިސްކޮށް ތިބީ ސަރުކާރުގެ އެންމެ އިސްފަރާތްތައް“ ފައްޔާޒު އެކްސްގައި ވިދާޅުވެފައިވެއެވެ.
ފައްޔާޒު ވިދާޅުވީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ‏ޝަމްއާން ވަހީދު 25 އަހަރަށް ޖަލަށްލީ އެވާހަކަތައް ކިޔައި ދެއްވުމުން ކަމަށެވެ. ޝަމްއާން ”އެ ކިޔައިދެއްވީ މި ސަރުކާރުގެ އަސްލު ހަގީގަތް. މިއަދު ޝަމްއާން ޖަލަށް ހުކުމް އެ ކުރީ އެ ވަހާކަތަކުގެ ހަގީގަތް ހާމަކޮށްދިނުމުން،“ ފައްޔާޒު ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *