ފިލިޕީންސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ނީނާ ޕީ. ކައިންޖްލެޓާ ރައީސަށް ފަތްކޮޅު އަރުވަނީ/ފޮޓޯ ރައީސް އޮފީސް

ތިން ގައުމެއްގެ ސަފީރުން ރައީސަށް ފަތްކޮޅު އަރުވައިފި

މުހައްމަދު އަލީ
ޖޫން 9, 2026

ތިން ގައުމަކުން ރާއްޖެއަށް ކަނޑައެޅި ސަފީރުން އެބޭފުޅުންގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް މިއަދު އަރުވައިފިއެވެ.

މި ތިން ބޭފުޅުންގެ ފަތްކޮޅު ރައީސަށް އަރުވާފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ވަކިވަކީން ބޭއްވި ރަސްމިއްޔާތުތަކުގައެވެ. މިއަދު ރައީސަށް ފަތްކޮޅު އަރުވާފައިވަނީ ފަރަންސޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ރެމީ ލޮބޭޚާއި، ފިލިޕީންސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ނީނާ ޕީ. ކައިންޖްލެޓާއި، ކިންގްޑަމް އޮފް ނެދަލޭންޑްސްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ވެއިބެ ޖޭކޮބް ޑި ބޮއަރ އެވެ.

މި ރަސްމިއްޔާތަށް މި ތިން ސަފީރުން ވެސް  ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

މި ތިން ގައުމުގެ އައު ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، އެމަނިކުފާނު ވަނީ ސަފީރުންނަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ވެސް ދަންނަވާފައެވެ.

ފަތްކޮޅު އެރުވުމަށްފަހު ރައީސް ވަނީ މިއިން ކޮންމެ ބޭފުޅަކާ ވަކީީން ބައްދަލު ކުރައްވައި ދެގައުމަށްވެސް މުހިންމު ދާއިރާތަކާބެހޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ. އަދި އިތުރަށް ތަރައްޤީ ކުރަން ބޭނުންވާ ކަންކަމާ ބެހޭގޮތުން ވެސް ވާހަކަފުޅު ދައްކަވައިފައވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *