Debris at the historical monument Golestan Palace after it was damaged in an Israeli and U.S. strike, amid the U.S.-Israeli conflict with Iran, in Tehran, Iran, March 3, 2026. Majid Asgaripour/WANA (West Asia News Agency) via REUTERS ATTENTION EDITORS – THIS PICTURE WAS PROVIDED BY A THIRD PARTY.

ހަމަލާތަކުގައި އީރާނުގެ 77 އާސާރީ ބިނާ ހަލާކުވެއްޖެ

ޟަމްރަތު އަހްމަދު
އޭޕްރިލް 13, 2026

އީރާނަށް އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކުގެ ސަބަބުން ތެހެރާންގެ އާސާރީ ބިނާތަކަށް ލިބުނު ގެއްލުންތަކުގެ މައުލޫމާތު އާސާރުތައް ބަލަހައްޓާ ކޮމިޓީގެ ސެކްރެޓަރީ ސަޖާދު އަސްގަރީ ދެއްވައިފިއެވެ.

އައީއާރުއެންއޭ އިރްނާ ނިއުސް އޭޖެންސީން ބުނި ގޮތުގައި އަސްގަރީ ވަނީ އެ ގެއްލުން ތަފްސީލުކޮށް ކިޔައިދީފަ އެވެ.

ތެހެރާންގެ 77 އާސާރީ އިމާރާތަކާއި ގަނޑުވަރުތަކާއި ދާރުލްއާސާރުތަކަށް ވަނީ ގެއްލުން ލިބިފައިވެއެވެ. އޭގެތެރެއިން 90 އިންސައްތަ ގެއްލުމަކީ ކުޑަ އަދި 10 އިންސައްތަ ސީރިއަސް ގެއްލުންތައްކެކެވެ. ގެއްލުން ލިބުނު ތަންތަނުގެ ތެރެއިން 38 ސަރަހައްދަކީ ގައުމީ ފެންވަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހަނދާނީ ބިނާތަކެވެ. ބާކީ ހުރި އިމާރާތްތަކަކީ އާކިޓެކްޗަރަލް އަދި ސަގާފީ އަގުހުރި އިމާރާތްތައް ކަމަށް އޭނާ މައުލޫމާތު ދެއްވާފައިވެއެވެ.

ހަލާކުވެފައިވާ 27 މޮނިއުމަންޓަކީ ގާޖަރުގެ ޒަމާނުގެ ބިނާތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ގެއްލުން ލިބުނު އިމާރާތްތަކުގެ ތެރޭގައި ފަރޯޚަބާދް ޕެލަސް، އިޝްރަތާބާދު ޕެލަސް، ކަހަކް މިލް، ކަހަކް މިލް، ކަސްރު ޖަލު، މާބްލް ޕެލަސްގެ ސްޓޯން ގޭޓް، އަހުމަދު ރޭޒާ ޕަހްލަވީ ޕެލަސް އަދި ރަފީނިއާ ސިނަގޯގް ހައުސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *