ހަނގުރާމައިގައި އީރާން މިހާރުއޮތީ މާވަރުގަދަކޮށް ކަމަށް އިޒްރޭލް ނޫސްވެރިިއަކު ބުނެފި

ޟަމްރަތު އަހްމަދު
އޭޕްރިލް 13, 2026

ހަނގުރާމައިގައި އީރާން މިހާރުއޮތީ ކުރިއަށްވުރެވެސް ވަރުގަދަކޮށް ކަމަށް އިޒްރޭލުގެ ނޫސްވެރިއަކު ބުނެފިއެވެ. އިސްރާއީލުގެ ”މާރިވް“ އަށް މައުލޫމާތު ދެމުން ނޫސްވެރިޔާ ބަރަކް ސެރީ ބުނީ އީރާނުން އެމެރިކާއާއެކު މަޝްވަރާގެ މޭޒުދޮށަށް ދިޔައީވެސް ވަރަށް ބާރާއި އިތުބާރާ އެކުގައި ކަމަށެވެ.

އޭނާ ބުނީ ހަނގުރާމަ މެދުކަނޑާލުމުގެ ކުރީން އޮތް ހާލަތަށް ބަލާއިރު އީރާނުގެ ސްޓްރެޓީޖިކް ހާލަތު ވެސް މިހާރު މާބޮޑުތަނުންވަނީ ރަނގަޅުވެފައި ކަމަށެވެ. އެމެރިކާއާއެކު ބޭއްވި ސުލްހައިގެ މަޝްވަރާ ބައްދަލުވުމުގައި އީރާނުން ކޮށްފައިވާ ޑީމާންޑުތަކާއި، އީރާން ވަފުދުން  ދައްކާފައިވާ އިތުބާރުން ވެސް އީރާނުއޮތީ ކުރިއަށްވުރެ ވެސް ވަރުގަދަ ހާލަތެއްގައިކަން އެނގޭ ކަމަށް އެނާ ބުނެފައިވެއެވެ. އީރާނުގެ އެތެރޭގެ ހާލަތުވެސް ވަރަށްބޮޑުތަނުން ރަނގަޅުވެފައިވާކަމަށް އޭނާ ބުންޏެވެ.

އީރާނުގެ އިގްތިސާދީ ހާލަތާބެހޭ ގޮތުން އޭނާ ބުނެފައިވަނީ ހަނގުރާމައިގައި އީރާނުގެ އިގްތިސާދަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ. އޭނާ ވަނީ މި ހަގުރާމައިގައި އިޒްރޭލްގެ ބޮޑުވަޒީރު ނަތަންޔާހޫ ގެންގުޅޭ ރުންކުރު ހަރުކަށި އުސޫލުތަކަށް ވަރަށްބޮޑަށް ފާޑުކިޔާފައެވެ. އޭނާ ބުނީ އިޒްރޭލުން އީރާނަށް ދެމުންގެންދާ ހަމަލާތަކުން ތެލްއަވީވަށް އެއްވެސް ކާމިޔާބެއް ނުވާނޭ ކަމަށެވެ. އޭގެ ބަދަލުގައި އޭނާ ވިދާޅުވީ އީރާނުގެ ހާލަތު އަންނަނީ ވަރުގަދަވަމުން ކަމަށް އޭނާ ބުންޏެވެ.

އިސްރާއީލުގެ ނޫސްވެރިޔާ މިހެން ބުނެފައި މިވަނީ އީރާނާ ދެކޮޅަށް 40 ދުވަހުގެ މުއްދަތަށް ކުރި ހަނގުރާމައިގައި އިސްރާއީލުގެ 42 މީހުން މަރުވެ، 7،456 މީހުން ޒަޚަމްވެ، 6،300 މީހުން ގެދޮރު ދޫކޮށް ހިޖުރަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މާރިވް ނޫހުގެ އައު ސާވޭއަކުން ދައްކާ ގޮތުގައި އިޒްރޭލުގެ 63 ޕަސެންޓް މީހުން މި ހަނގުރާމައިގެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހެއެވެ. ނަތަންޔާހޫގެ ސިޔާސީ ވާދަވެރިންވެސް މިނަތީޖާއާމެދު ހިތްހަމައެއް ނުޖެހެއެވެ. އެމީހުންގެ ހިތްހަމަނުޖެހުންހުރީ 81 ޕަސެންޓުގައި ކަމަށް އެސަވޭން ދައްކައެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *