އިޒުރޭލުގެ ފައިނޭންޝަލް ޑިސްޓްރިކްޓް އަނދައި ހުލިވެއްޖެ

އީރާނުން ރޭ ފޮނުވާލި ”ސިއްޖީލް“ މިސައިލެއް އަމާޒުވެ ބޮޑު ގޮވުމެއް ގޮވައި، އިޒުރޭލުގެ ފައިނޭންޝަލް ޑިސްޓްރިކްޓު އަނދައި އަޅިއަށް ވެއްޖެކަމަށް ރިޕޯޓްތައް ބުނެފިއެވެ. ގާތްގަނޑަކަށް 2 ޓަނުގެ ވޯހެޑު އުފުލޭ ކަމަށް ބެލެވޭ ސިއްޖީލު މިސައިލްގެ ސަބަބުން އިޒުރޭލުގެ ފައިނޭންޝަލް ޑިސްޓްރިކްޓުގެ އުސް އެތައް އިމާރާތެއްގައި އަލިފާން ރޯވެ، އަލިފާނާއި، ބޯ ދުން ރޭ ދަންވަރު އުޑުމަތިން ފެނުނުކަމަށް ބުނެވެއެވެ. ފުރަތަމަ ރިޕޯޓްތަކުން ދައްކާ ގޮތުގައި އެ ސަރަޙައްދަށް ސްޓްރަކްޗަރަލް ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، […]
”އެފޯޑަބަލް ހައުސިންގ“ މަޝްރޫޢުގެ ތައްޔާރީތައް ރައީސް ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޗައިނާ މެޝީނަރީ އިންޖިނޭރިންގް ކޯޕަރޭޝަން (ސީ.އެމް.އީ.ސީ)ގެ ހުޅުމާލޭ ފޭސް 2ގެ ސައިޓަށް ޒިޔާރަތްކުރައްވައި، ”އެފޯޑަބަލް ހައުސިންގ“ މަޝްރޫޢުގެ ފެށުމަށް ވެފައިވާ ތައްޔާރީތައް ބައްލަވާލައްވައިފިއެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ކުރިއަށްގެންދަވާ ”އެފޯޑަބަލް ހައުސިންގ“ މަޝްރޫޢުގައި ހިމެނިގެން ހުޅުމާލޭގައި ތަރައްޤީކުރާ 1224 ހައުސިންގް ޔުނިޓްގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް އެމަނިކުފާނު ބައްލަވާލައްވާފައި މިވަނީ ރޭ ބޭއްވުނު އެ މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހުއެވެ. […]
މައުމޫނުގެ ނަސޭހަތެއް: ސުންނީ، ޝީޢާ މުސްލިމެކޭ ނުކިޔާތި!

އެއްވެސް އިސްލާމަކާ ދިމާއަށް މިއީ ސުންނީ މުސްލިމެކޭ ނުވަތަ ޝީޢާ މުސްލިމެކޭ ނުކިޔުމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ އެކްސް އެކައުންޓުން ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ސުންނީ، ޝީޢާ އަކީ މުސްލިމުން ބައިބައިކުރަން ޢަދުއްވުން ކިޔާ އެއްޗެއް ކަމަށެވެ. ”މިއީ ސުންނީ މުސްލިމެކޭ ޝީޢާ މުސްލިމެކޭ ސަލަފީ މުސްލިމެކޭ ވިދާޅުނުވާށެވެ! އަޅުގަނޑުމެންނަކީ ހައްތާވެސް މުސްލިމުންނެވެ. އެއީ އަޅުގަނޑުމެން ބައިބައިކުރަން ޢަދުއްވުން ކިޔާހާ އެއްޗިއްސެވެ.“ މިއީ ސުންނީ މުސްލިމެކޭ ޝީޢާ މުސްލިމެކޭ ސަލަފީ […]
ސަރަނގު އާދަންމަނިކުގެ ތާއީދު މޫސާ އަލީ ޖަލީލަށް

މާލޭގައި އެންމެފުރަތަމަ މޭޔަރެއްގެ މަގާމް އަދާކުރެއްވި އާދަންމަނިކު (ސަރަނގު) މޫސާ އަލީ ޖަލީލަށް ތާއީދު ކުރައްވަން ނިންމަވައި އެކަން އިއުލާން ކުރައްވައިފިއެވެ. މޫސާ އަލީ ޖަލީލަކީ ކުރިއަށްއޮތް ލޯކަންކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓެވެ. ސަރަނގު ވިދާޅުވީ މޫސައަށް ތާއީދު ކުރައްވަން ނިންމެވީ ވަރަށްގިނަ ސަބަބުތަކާ ހެދިކަމަށެވެ. އެއްކަމަކީ މޫސައާ ބެހޭ ގޮތުން ދުވަހަކުވެސް ކޮރަޕްޝަނުގެ ވާހަކާއެއް އަޑުނުއައްސަވާ ކަމަށެވެ. އަނެއްކޮޅުން މޫސައަކީ ހުރިހާކޮޅަކުން ބެއްޔަސް މާލޭ ބޭފުޅެއް ކަމަށާއި މާލޭއަށް ޚިދުމަތް […]
ރާއްޖެއަށް އަންނަ ފަތުވެރިން އިތުރުކުރަން މަސައްކަތްކުރަނީ

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ގަލްފުގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ވަރަށް މަދުވެފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭވަޒީރު ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ. ރާއްޖެއަށް އަނަން ފަތުރުވެރިން މިހާލަތުގައި މަދުވުމަކީ އިގްތިސާދަށް ލިބޭނޭ ހީނަރުކަމަކަށް ވާތީ އެކަމަށް ހައްލެއް ހޯދަން މަސައްކަތް ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ދެ ވިސާއެއް ފަތުރުވެރިންނަށް ތައާރަފް ކުރެވޭތޯ ބައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. ބޭނުމަކީ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަސްތައް އިތުރު ކުރެއްވުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާރު […]
ހަނގުރާމަ ދިގުލައިގެންދިޔަސް ރައްޔިތުންގެ ކަންކަމަށް ބުރޫ ނާރާނެ: ޒަމީރު

ގަލްފު ސަރަހައްދުގައި މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކާއި އެހެނިހެން ކަންކަމަށް ބުރޫނާރާނޭގޮތަށް ކަންކަން އިންތިޒާމު ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވާފައިވާކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި މިނިސްޓަރ ވިދާޅުވީ ބޭހާއި ކާޑާއި ތެލާއި އަދި ރާއްޖެއިން ބޭރުގައި ކިޔަވަންތިބި ކުދިންނަށް ފޮނުވަންޖެހޭ ސްޓައިޕެންޑާއި ކޯސް ފީތައް ފޮނުވުމުގެ ކަންތައް ހަމައަކަށް އެޅުވުމާއި ޚަރަދު ކުޑަކުރުމަށް މަރުކަޒީ ބޭންކާއި މީރާގެ […]
އީރާނުގެ ހަމަލާގައި އިސްރާއީލުގެ ނިއުކްލިއަރ ފެސިލިޓީއަށް ގެއްލުމެއްނުވޭ: އައިއޭއީއޭ

އިރާނުން ރޭ އިސްރާއީލުގެ ދެކުނުގައި އޮންނަ ޑިމޯނާ ޓައުނަށާއި، އަރަދު ޓައުނަށްދިން ދިން މިސައިލް ހަމަލާތަކުގައި އެ ސަރަހައްދުގައިހުރި އިސްރާއީލުގެ ޑިމީނާ ނިއުކްލިއަރ ފެސިލިޓީއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) އިން ބުނެފިއެވެ. އެ ފެސިލިޓީ ހުންނަނީ ޑިމޯނާއާ 13 ކިލޯމީޓަރު ދުރުގައެވެ. މި ހަމަލާތަކުގައި ޖުމްލަ 160 އަށްވުރެ ގިނަމީހުން ޒަޚަމްވެފައިވާ ކަމަށް މިހާތަނަށް ވަނީ ކަށަވަރުވެފައެވެ. އިސްއީލުން ބުނެފައިވަނީ ޒަޚަމްވި މީހުންގެ ތެރެއިން 84 މީހަކު ޒަޚަމްވެފައިވަނީ […]
އެމެރިކާއާއި އީރާނާ ދެމެދު މަޝްވަރާ ފެށިދާނޭ ކަމަށް އުންމީދުކުރަން: ރަފައެއް

އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދިޔަރ ”ނިޔުކްލިއަރ މަޝްވަރާ“ ތައް އަލުން ފެށިދާނޭ ކަމަށް އުންމީދު ކުރައްވާކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ގެ ޑިރެކްޓަރ ޖެނެރަލް ރަފައެލް ގްރޮސީ ވިދާޅުވެއްޖެއެވެ. ސީބީއެސްގެ ”ފޭސް ދަ ނޭޝަން“ އަށް ދެއްވި އިންޓރވިއެއްގައި އޭނާ ވިދާޅުވީ ”ވައިޓް ހައުސް އާއި އީރާނާ އެކު ވެސް އަޅުގަނޑު ވަރަށް މުހިންމު މަޝްވަރާތަކެއް ކުރަމުން މިދަނީ. ބައެއް ކޮންޓެކްޓްތައް އެބަހުރި، އަޅުގަނޑުމެން އުންމީދު ކުރަނީ އެ ލައިން އަލުން ގާއިމް ކުރެވޭނެ […]
ހަމަލާ ދީފިނަމަ ހޮރުމުޒު ކަނޑުއޮޅި އެއްކޮށް ބަންދު ކުރާނަން: އިރާން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިންޒާރާ އެއްގޮތަށް އީރާނުގެ އިންޖީނުގެތަކަށް ހަމަލާދީފިނަމަ އެ ހަމަލާގައި ހަލާކުވެގެންދާ އީރާނުގެ އިންޖީނުގެތައް އަލުން ބިނާކޮށް ނިމެންދެން، ހޮރުމުޒު ކަނޑުއޮޅި އެއްކޮށް ބަންދުކުރާނޭ ކަމުގެ ނުރައްކާތެރި އިންޒާރު އީރާނުގެ އައިއާރުޖީސީ އިން ދީފިއެވެ. ޓްރަމްޕް ބުނެފައިވަނީ 48 ގަޑިއިރުތެރޭ ކަނޑުއޮޅި ނުހުޅުވައިފި ކަމަށްވާނަމަ އީރާނުގެ ހުރިހާ އިންޖީނުގެތަކަށް ވަކިވަކިން ހަމަލާދީ ސުންނާފަތި ކޮށްލާނޭ ކަމަށެވެ. އެންމެފުރަތަމަ ގޮއްވާލާނީ އެންމެބޮޑު އިންޖީނުގެ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެއީ ކޮންއިންޖީނުގެއެއް ކަމެއް އޭނާގެ […]
ޤައުމީ އިނާމަށް ނަންހުށަހެޅުމުގެ ފުރުސަތު ހުޅުވާލަނީ

މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މި މާރިޗު މަހުގެ 25 ވާ ބުދަ ދުވަހު، ޤައުމީ އިނާމާބެހޭ ކޮމިޓީން ހުޅުއްވައިލައްވާނެއެވެ. އިނާމަށް އެދި ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ، އެ ދުވަހުން ފެށިގެން އަންނަ އެޕްރީލު މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2.00ގެ ނިޔަލަށެވެ. މިއަހަރު އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ”ފޯމު ހުށަހެޅުން“ ޕޯޓަލް މެދުވެރިކޮށްގެންނެވެ. އިނާމަށް އެދި ފޯމުހުށަހަޅާއިރު ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ޚާއްޞަ […]
