އިންޖީނުގެތަކަށް ހަމަލާނުދޭތި އެމެރިކާގެ ހުރިހާ ތަނެއް ގޮއްވާލާނަން: އީރާން

ހޮރުމުޒު ކަނޑުއޮޅި ހުޅުވުމުގެ ނަމުގައި އީރާނުގެ ތެލާއި ހަކަތައް އުފައްދާ އެއްވެސް ތަނަކަށް އެމެރިކާއިން ހަމަލާދީފިނަމަ ސަރަހައްދުގައިހުރި އެމެރިކާއަށް ނިސްބަތްވާ ހަކަތަ އުފައްދާ ހުރިހާ ތަނަކަށް ވަރުގަދަ ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. އީރާނުގެ އަސްކަރިއްޔާއިން މިއިންޒާރުދިނީ ހޮރުމުޒު ކަނޑުއޮޅި ހުޅުވަން 48 ގަޑިއިރުގެ މުހުލަތެއް ޓްރަމްޕް އީރާނަށްދީ އިންޒާރުކޮށްފައިވާތީއެވެ. ޓްރަމްޕްގެ އިންޒާރުގައި ބުނެފައިވަނީ އެމުއްދަތުގައި ކަނޑުއޮޅި ނުހުޅުވައިފި ކަމަށްވާނަމަ އީރާނުގެ ހުރިހާ އިންޖީނުގެތަކަށް ވަކިވަކިން ހަމަލާދީ ސުންނާފަތިކޮށްލާނޭ ކަމަށެވެ. އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް […]

ހޮރުމުޒު ކަނޑުއޮޅި ނުހުޅުވައިފިނަމަ ޕަވަރ ޕްލާންޓުތައް ގޮއްލާނަން: ޓްރަމްޕް

މިވަގުތުން ފެށިގެން ސާޅީސް އަށްގަޑި އިރުތެރޭ އީރާނުން ހޮރުމުޒު ކަނޑުއޮޅި މުޅިން ނުހުޅުވައިފިނަމަ އީރާނުގެ ހުރީހާ ޕަވަރ ޕްލާންޓުތަކެއް (އިންޖީނުގެތައް) ގޮއްވާލާނޭ ކަމުގެ އިންޒާރު އެމެރިކާގެ  ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ދީފިއެވެ. އޭނާ މިއިންޒާރު ދިފައިވަނީ އަމިއްލަ ސޯޝަލް މޯޑިއާ ޕްލެޓްފޯމް ”ޓްރުތު ސޯޝަލް“ ގައި އާންމުކުރި މެސެޖެއްގައެވެ. އޭނާ ބުނެފައިވަނީ އެ މުއްދަތުގައި ކަނޑުއޮޅި  ކުރިންއޮތް ގޮތަށް ނުހުޅުވައިފި ކަމަށްވާނަމަ އެންމެ ފުރަތަމަވެސް ގޮއްވާލާނީ އީރާނުގެ އެންމެބޮޑު ޕަވަރޕްލާންޓު ނުވަތަ އިންޖީނުގެ ކަމަށެވެ. އެންމެބޮޑު […]

ދުނިޔޭގެ އެންމެ އުފާވެރި ގައުމަކީ ފިންލޭންޑް

ދުނިޔޭގެ އެންމެ އުފާވެރި ގައުމަކީ ފިންލޭންޑު ކަމަށް ”ވޯލްޑް ހެޕިނެސް ރިޕޯޓް 2026 އިން“ ދައްކައިފިއެވެ. މިއީ ދުނިޔޭގެ އެންމެ އުފާވެރި ގައުމުގެ ގޮތުގައި ވިދިވިދިގެން ފިންލެންޑް އޮންތާ ނުވަވަނަ އަހަރެވެ. މި ރިޕޯޓު ބުނާގޮތުން 147 ގައުމެއްގެ ތެރެއިން މަޝްހޫރު ހޮންކޮންގް އޮތީ 90 ވަނައިގައެވެ. ފިންލެންޑް އެއްވަނާގައި އޮތީ އެވްރެޖް ލައިފް ސެޓިސްފެކްޝަން ސްކޯއިން 7.764 ޕޮއިންޓް ހޯދައިގެންނެވެ. މި ލިސްޓުގެ ދެ ވަނައިގައި އޮތީ އައިސްލޭންޑާއި ޑެންމާކެވެ. ލެޓިން އެމެރިކާގެ ގައުމުތަކުގެތެރެއިން  ކޮސްޓަރިކާ […]

އެމެރިކާ ބޭނުންވަނީ ގައުތައް އަޅުވެތި ކުރަން: ލޫލާ

އެމެރިކާއާއި ބައިވެރީން ބޭނުންވަނީ އިހެކޭ އެއްގޮތަށް ގައުމުތަކަށް ބާރުފޯރުވައި އަޅުވެތި ކުރަން ކަމަށް ބްރެޒިލްގެ ރައީސް އިނާސިއޯ ލޫލާ ޑަސިލްވާ ބޮޑު ތުހުމަތެއް ކުރައްވައިފިއެވެ. ކޮލަމްބިއާގައި ބޭއްވި އެފްރީކާގެ ލީޑަރުން ބައިވެރިވާ ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވަނީ ވެނެޒުއޭލާގެ ކުރީގެ ރައީސް ނިކޮލަސް މަޑޫރޯ މަގާމުން ދުރުކުރިގޮތާއި، އީރާނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައާ ބެހޭގޮތުން ވެސް ކޮންމެވެސް ވަރަކަށް ވާހަކަ ދައްކަވައިފައެވެ. މި ފޯރަމުގައި ވާހަކަ ދައްކަވަމުން ލޫލާ ވަނީ ސަރަހައްދީ ގައުމުތަކުގައި އެމެރިކާގެ […]

އީރާނުގެ ހަމަލާގައި ސަތޭކައެއްހާ މީހުން ޒަޚަމް ވެއްޖެ: ނަތަންޔާހޫ

އީރާނުން އިޒްރޭލުގެ ދެކުނުގެ ޑައިމޯނާއި އަރާދަށް ދިން ހަމަލާގައި ސަތޭކައެއްހާ މީހުން މަރުވެފައިވާ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކަމަށް ބެލެވޭ މީހަކު ބުނެފިއެވެ. އޭނާ މިކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ބަޔާނެއްގައެވެ. އޭނާ ބުނެފައިވަނީ މިއީ ހަނގުރާމައިގެ ކުރިމަގަށް ދިމާވި ދަތިކަމެއް ކަމަށެވެ. ”މީގެ ކުޑައިރުކޮޅެއް ކުރިން އަހަރެންވާނީ އާރާދުގެ މޭޔަރު ޔާއިރް މާޔަން އާ ވާހަކަ ދައްކައިފައި. އަދި ޒަޚަމްވި މީހުންނަށް އިޒްރޭލުގެ ހުރިހާ ރައްޔިތުން ދުޢާ ކޮށްދިނުމަށް އެދިފައިވާނެ،“ ނަތަންޔާހޫ […]

ޑިމޯނާ ހިމެނޭ ސަރަހައްދަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި

އިޒްރޭލުގެ ޑިމޯނާ ނިއުކްލިއަރ ޕްވަރޕްލާންޓު ހުންނަ ސަރަހައްދަށް އީރާނުން ވަރުގަދަ މިސައިލް ހަމަލާތަކެއް މިރޭ ދީފިއެވެ. އެގައުމުން ބުނެފައިވަނީ މިއީ އީރާނުގެ ނަތަންޒް ނިއުކްލިއަރ ޕަވަރޕްލާންޓަށް އީޒްރޭލް-އެމެރިކާއިން ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ. އީރާނުގެ އަސްކަރީ މަސްއޫލިވެރިންނާ ހަމަވާލީ އީރާނުގެ ތަސްނީމް ނިއުސް އޭޖެންސީން ބުނެފައިވަނީ މި ހަމަލާގެ ސަބަބުން އަނެއްކާވެސް ދުޝްމަނުންނަށް މިހާރު ހުންނާނީ ހިތުންނުފިލާވަރުގެ ފިލާވަޅެއް ލިބިފައި ކަމަށެވެ. ޑިމޯނާ ސަރަހައްދަށް ދިން މިސައިލް ހަމަލާއިން އީރާނުން ދޭން […]

ދޫނީގެ ވާހަކަ: ސާމަރާދޫނީގެ ޠަބީޢަތް

މި ދުވަސްވަރަކީ ދޫނިރާއްޖޭގައި، ދޫނި ދޫނީގެ ވާހަކަ ވަރަށް ގިނައިން އަޑުއިވޭ ދުވަސްވަރެކެވެ. ވީމާ، ދޫނީގެ ޠަބިޢަތާއި ބެހޭގޮތުން އެއްޗެއް ބުނެލަން ހިތަށް އެރީއެވެ. ދޫނިދޫނީގެ ބޭރުފުށުގެ ރިވެތިކަމަށް މާބޮޑަށް އިތުބާރު ނުކުރާށެވެ. ސާމަރާދޫންޏަކީ، ދުނިޔޭގައި ލެއްވި ދޫނިތަކުގެ ތެރެއިން، އެންމެ ރިވެތި އެއް ދޫންޏެވެ. އެކަމަކު، ސާމަރާދޫނީގެ ޠަބީޢަތް، އޭގެ ބޭރުފުށުގެ ރިވެތިކަމާ އަޅައިބަލާއިރު، އެހައި ރީއްޗެއް ނޫނެވެ. ސާމަރާދޫންޏަށް އަބަދުވެސް އެންމެ މީރު ކެއުމަކީ ހަރުފައެވެ. މި ވާހަކަކޮޅުން ބަޔާންކޮށްދެނީ ފިޠުރަތުގެ ޙަޤީޤަތެކެވެ. އެކަމަކު، […]

އެއްވެސް ދަތިކަމެއްނެތި ތޭލާއި ގޭހާއި ކާބޯތަކެތި ލިބޭނެ: ސަޢީދު

ރައްޔިތުންނަށް ބޭނުންވާ ތެލާއި ގޭހާއި ކާޑުގެ ބާވަތްތަކާއި، އަސާސީ ކާބޯތަކެތި އެއްވެސް ދަތިކަމެއްނެތި ރާއްޖެއަށް ގެނެސް ރައްޔިތުންނަށް ލިބެން ހުންނާނޭ ކަމުގެ ފުރިހަމަ ޔަޤީންކަން ސަރުކާރުން ދެއްވައިފިއެވެ. ސަރުކާރުން މިޔަޤީންކަން ދެއްވީ އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރު މުޙައްމަދު ސަޢީދެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވެފައިވަނީ މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުންދާ ކަމަށެވެ. އޭގެ އިތުރުން ތެޔޮސަޕްލައި ކުރުމަށްވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. ”މި ޙާލަތުގެ އަސަރު […]