އީރާނުގެ ހަމަލާގައި އިސްރާއީލުގެ ނިއުކްލިއަރ ފެސިލިޓީއަށް ގެއްލުމެއްނުވޭ: އައިއޭއީއޭ

ޟަމްރަތު އަހްމަދު
މާރޗް 22, 2026

އިރާނުން ރޭ އިސްރާއީލުގެ ދެކުނުގައި އޮންނަ ޑިމޯނާ ޓައުނަށާއި، އަރަދު ޓައުނަށްދިން ދިން މިސައިލް ހަމަލާތަކުގައި އެ ސަރަހައްދުގައިހުރި އިސްރާއީލުގެ ޑިމީނާ ނިއުކްލިއަރ ފެސިލިޓީއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) އިން ބުނެފިއެވެ. އެ ފެސިލިޓީ ހުންނަނީ ޑިމޯނާއާ 13 ކިލޯމީޓަރު ދުރުގައެވެ.

މި ހަމަލާތަކުގައި ޖުމްލަ 160 އަށްވުރެ ގިނަމީހުން ޒަޚަމްވެފައިވާ ކަމަށް މިހާތަނަށް ވަނީ ކަށަވަރުވެފައެވެ. އިސްއީލުން ބުނެފައިވަނީ ޒަޚަމްވި މީހުންގެ ތެރެއިން 84 މީހަކު ޒަޚަމްވެފައިވަނީ އަރަދު ޓައުނުން ކަމަށެވެ. އަނެއް 78 މީހުން ޒަޚަމްވެފައިވަނީ ޑިމޯނާ ޓައުނަށްދިން ހަމަލާތަކުގައެވެ.

އީރާނުގެ ރަސްމީ ޓީވީން ބުނީ މި ހަމަލާތައް ދީފައިވަނީ އީރާނުގެ ނިއުކްލިއަރ މަރުކަޒަށް ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ. އީރާނުން ބުނެފައިވަނީ އެގައުމުން ބޭނުމިއްޔާ ސީދާ ނިއުކްލިއަރ ފެސިލިޓީއަށް ވެސް ހަމަލާދެވޭނޭކަން އިސްރާއީލާއި އެމެރިކާއަށް މިހާރު ހުންނާނީ އެނގިފައި ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނަށް އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާއަށްފަހު އީރާނުން ވަނީ މިހާތަނަށް 400 މިސައިލް އިސްރާއީލަށް ފޮނުވައިފައެވެ. އޭގެ ތެރެއިން 92 ޕަސެންޓް އިންޓަސެޕްޓް ކޮށްފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

 

މި ލިޔުމާ ގުޅޭ