ރާއްޖެއަށް ލިބޭ ޑޮލަރަށް ވާގޮތް ނޭނގިގެން ރައްޔިތުން ސުވާލު ކުރަން ފަށައިފި ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު އެކްސްގައި ވިދާޅުވެފައިވަނީ ޑޮލަރުގެ ރޭޓު ބޮޑުނުވާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށެވެ. އެހެންނަމަވެސް ޑޮލަރު ރޭޓު 16.50 އިން 20.25 އަށް މިހާރުވަނީ ބޮޑުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ރާއްޖެއަށް ދެ މިލިއަނަށްވުރެ ގިނަ ޓުއަރިސްޓުން އަތުވެއްޖެ ކަމަށާއި އެމީހުން އަތުންވަންނނަ ޑޮލަރަށް ވާގޮތެއް ނޭނގޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މިހާރުވަނީ ހުރިހާ ޓެކްސްތަކެއް ބޮޑުކުރައްވައިފައި ކަމަށާއި، ރާއްޖެއަށް އައިސްފިއްޔާ ފުރެނީވެސް ޓެކްސް ދައްކައިގެން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ސަރުކާރުން ވަނީ ދިވެހިބޭންކު މެދުވެރިކޮށް ޑޮލަރު މާރުކުރަންރިސޯޓުތަކަށް މަޖުބޫރު ކުރައްވައިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ،ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެއަށް ލޯނު ނުވަތަ ސަރުކާރުގެ ދަރަނި ދައްކަވަނީ ކަމަށް ރައީސް ވިދާޅުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ”ޗައިނާ އާއި އިންޑިޔާގެ ލޯނުތައް ރީޝެޑިއުލްކޮށް ފަސްކޮށްދީފި. ކޮންތާކަށްހޭ ލޯނު މިދައްކެވީ؟ މިލިބޭ ފައިސާއަށް ވާގޮތެއް އޮންނަންޖެހޭނެ. ޑްރޯން ގަންނަން ކުރި ޚަރަދު އިންތިހާއަށް ބޮޑު. ޑްރޯނަށް ފައިސާ ފޮނުއްވީމާ ކިޔަވާ ކުދިންނަށް ފައިސާއެއް ނުލިބޭ، އަސާސީ ބޭސްފަރުވާއަށް ފައިސާއެއް ނުލިބޭ،“ ޝާހިދު ވިދާޅުވެފައިވެއެވެ.






