އައިރިސް ޑެނާ

އިރާނު ސިފައިން މަރުވީ ބޮޑެތި ޒަޚަމްތަކާއެކު ގެނބިގެން:ލަންކާ

އަހުމަދު މުހައްމަދު
މާރޗް 10, 2026

ސްރީލަންކާގެ އައްސޭރިފަށުން ދަތުރުކުރަނިކޮށް އެމެރިކާގެ ސަބްމެރީނަކުން ހަމަލާދީ ފައްތާލި އީރާނުގެ ނޭވީ މަނަވަރުގެ ސިފައިން މަރުވީ ބޮޑެތި ޒަޚަމްތަކާއެކު ގެނބިގެން ކަމަށް އެމީހުންގެ ހަށިތައް ޕޯސްޓްމޯޓަމް ހެދި ޑޮކްޓަރުންގެ ޓީމުގެ ވެރިޔާ ވިދާޅުވެއްޖެއެވެ.

ޕޯސްޓްމޯޓަމް ހެދި ލަންކާގެ ޖުޑިޝަލް މެޑިކަލް އޮފިސަރުންގެ ޓީމުގެ ވެރިޔާ ޕްރޮފެސަރު ޔޫސީޕީ ޕެރޭރާ ވިދާޅުވީ އައިރިސް ޑެނާ ނަމަކަށް ކިޔާ ހަނގުރާމަމަތީ މަނަވަރުން މަރުވި މީހުންގެ ހަށިތައް މުއްދަތެއް ނެތް ގޮތަށް ކަރަޕިޓިއާ ނޭޝަނަލް ހޮސްޕިޓަލް މޯޗަރީގައި ބަހައްޓަން ޖެހިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ހޮސްޕިޓަލުގެ މޯޗަރީގައި 40 މީހެއްގެ ހަށިގަނޑު ތަނަވަސް ކަމާއެކު ބެހެއްޓޭނޭ ކަމަށެވެ. އެހެން އިމާރާތެއްގައި ހުރި ބަހައްޓާފައިވާ ހަށިތައް ރައްކާތެރި ކުރުމަށް ހޮސްޕިޓަލުގެ މެނޭޖްމަންޓުން ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

”ޑީޕް ފްރީޒަރ ފެސިލިޓީ ހިމެނޭ ދެ ކޮންޓެއިނަރު އަޅުގަނޑުމެންނަށް ލިބިފައިވޭ، އެކަމަކު މައިނަސް 20-30 ސެންޓިގްރޭޑްއާ ދެމެދުގެ ފިނިހޫނުމިން ހިފެހެއްޓުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް. ނަމަވެސް އެ މީހުންގެ ހަށިގަނޑުތައް ބެހެއްޓީ ވަރަށް އިހުތިރާމާ އެކު،“ އޭނާ ވިދާޅުވިއެވެ. ހަށިތައް ގިނަދުވަހު ބަހައްޓާ ކަމަށްވާނަމަ ބޮޑު ކަރަންޓް ބިލެއް އަންނާނޭ ކަމަށާއި އެހެން ނަމަވެސް 84 މީހުންގެ ހަށިތައް  ހިމާޔަތް ކުރުމަކީ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާދިސާގައި ޒަޚަމްވެގެން ހޮސްޕިޓަލުގައި އެޑުމިޓް ކުރި މީހުންގެ ތެރެއިން 20 މީހަކަށް ފަރުވާ ދިނުމަށްފަހު ވެލިސަރާ ނޭވަލް ބޭހާ މިހާރު ވަނީ ހަވާލުކޮށްފައެވެ. އިތުރު 10 މީހަކަށް އަދިވެސް ފަރުވާ ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މެޖިސްޓްރޭޓް އިންކުއަރީ ކުރިއަށް ގެންގޮސްފައިވަނީ ގާލޭގެ ޗީފް މެޖިސްޓްރޭޓް ސާމިރާ ޑޮޑަންގޮޑާ އާއި އެޑިޝަނަލް މެޖިސްޓްރޭޓް މަހޭޝިކާ ވިޖެތުންގާއެވެ.

މަރުވި ސިފައިންގެ ޕޯސްޓްމޯޓަމް ހަދާފައިވަނީ ޕްރޮފެސަރ ޔޫ.ސީ.ޕީ ޕެރޭރާ، ޑރ.އަޖިތު ރަނަވީރާ، ޑރ.ޖާނަކީ ވަރުޝާހަންޑީ އަދި ޑރ.ރޯހަން ރުވަންޕޫރާ އެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *