އެމެރިކާއިން އީރާނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގާ އެކަށީގެންވާ ކުރިއެރުމެއް އެމެރިކާއަށް އަދި ނުލިބޭ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެއެވެ.
ގާނޫނު ހަދާ މަޖިލީހުގެ ރިޕަބްލިކަން ޕާޓީގެ މެމްބަރުންނަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ހަނގުރާމައިގައި އެމެރިކާގެ ސިފައިން ވެސް ދަނީ މަރުވަމުން ކަމަށެވެ. އެމީހުންގެ އާއިލާތަކުން ދަނީ ހަނގުރާމަ ކުރިއަށް ގެންގޮސް ކާމިޔާބު ކުރުމަށް ހިތްވަރު ދެމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެމެރިކާއިން މިހާތަނަށް ވަނީ 5،000 އަށް ވުރެ ގިނަ ހަމަލާ އީރާނަށް ދީފައި ކަމަށެވެ. އޭގެ ސަބަބުން އީރާނުގެ ނޭވީ އާއި އެއާފޯސް އާއި އެ ގައުމުގެ މިސައިލް ލޯންޗަރުތަކުގެ 80-90 ޕަސެންޓް ވަނީ ހަލާކުވެފައި ކަމަށް ވެސް ވިދާޅުވިއެވެ. އޭގެއިތުރުން އީރާނުގެ ޑްރޯން އުފެއްދުމުގެ ގާބިލްކަން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި އެ ޑްރޯން އުފައްދާ ތަންތަނަށް ހަމަލާ ދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވަރަށް އަވަހަށް ހަނގުރާމަ ނިމޭނޭ ކަމަށެވެ. އެހެންނަމަވެސް އަދި ހަފްތާއަކަށް ދެމިގެން ހިނގައިދާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.






