ޓެރަރިސްޓް އިސްރާއީލިުގެ ވެރިރަށް، ޓެލް އަވީވްގައި ހުރި ބީބީސީގެ މުވައްޒަފު ކަސްރާ ނާޖީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ސިޓީގެ ހާލަތު މިހާރު ވަނީ އިންތިހާއަށް ގޯސްވެފައެވެ.
އީރާނުން ދީފާނެ ވަރުގަދަ ހަމަލާއެއްގެ ބިރުވެރިކަން ބޮޑުވެ، މުޅި އިސްރާއީލު މިހާރު އޮތީ ’ޕާޝިއަލް ލޮކްޑައުން‘ އެއްގައެވެ. މަގުތައް ވަނީ މީހުން ހުސްވެ، ފަޅުވެފައެވެ. ފިހާރަތަކާއި ވިޔަފާރިތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން، އެ ގައުމުގެ އާބާދީއަށް މިކަން ވެފައިވަނީ ކެތްނުކުރެވޭ ފަދަ ނަފްސާނީ އަދި އިގްތިސާދީ ތަދަކަށެވެ.
އަނެއްކޮޅުން، ލުބުނާނުގެ ހިޒްބުالله އިން ފޮނުވާލާ ބޮޑެތި މިސައިލްތައް އެއްވެސް އިންޒާރެއް ނުވަތަ ސައިރެންގެ އަޑެއް ނީވެ ޓެލްއަވީވްގެ އެކި ސަރަހައްދުތަކަށް ދަނީ އަރަމުންނެވެ.
މިއީ މީގެ ކުރިން ދުވަހަކުވެސް އިސްރާއީލުން ތަޖުރިބާކޮށްފައި ނުވާ ފަދަ ނުރައްކާތެރި އަދި ނާމާން ހާލަތެކެވެ.
ޔަހޫދީންގެ ބާރާއި ނުފޫޒު ކެނޑި، އެމީހުންގެ މުޅި ނިޒާމު މިވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ.






